އިސްރާއީލްގައި ބަޑި ޖަހައި ދެމީހަކު މަރާލައި އަށް މީހުން ޒަހަމް ކޮށްލައިފި، ތުހުމަތު އައިއެސްއަށް!

އިސްރާއީލްގެ ސިޓީއެއް ކަމަށްވާ ތެލްއަވީވްގައި ބަޑި ޖަހައި ދެމީހަކު މަރާލައި އަށް މީހުން ޒަހަމް ކޮށްލައިފި އެވެ. މި ހަމަލާތައް ދީފައިވަނީ ތެލްއަވީވްގެ މަޝްހޫރު ކާރޫބާރުބޮޑު މަގެއްގައި އެވެ. ގިނަ މަސްތު...

07 Apr 2022 | 21:00

އިސްރާއީލްގެ ސިޓީއެއް ކަމަށްވާ ތެލްއަވީވްގައި ބަޑި ޖަހައި ދެމީހަކު މަރާލައި އަށް މީހުން ޒަހަމް ކޮށްލައިފި އެވެ.

މި ހަމަލާތައް ދީފައިވަނީ ތެލްއަވީވްގެ މަޝްހޫރު ކާރޫބާރުބޮޑު މަގެއްގައި އެވެ. ގިނަ މަސްތުވާތަކެތީގެ ބާވަތްތައް ވިއްކާ ބާތަކާއި ކެފޭތައް ހުންނަ އެ މަގަކީ ކޮންމެ ހަފްތާ ބަންދަކާއި ދިމާކޮށް މީހުން މަޖާނަގަން ދާ ސަރަހައްދެއް ކަމަށްވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ބަޑީގެ ހަމަލާ އަމާޒުވި މީހުންގެ ތެރެއިން ދެ މީހުން މަރުވީ ފަރުވާ ދެމުން ދަނިކޮށެވެ. އެހެން ކަމުން ޒަހަމްވި އަށް މީހުންގެ ތެރެއިން އިތުރު ބަޔަކު މަރުވުމުގެ ފުރުސަތު އެބައޮތެވެ.

މި ހަމަލާގެ މަގުސަދު އަދި ނޭނގޭއިރު ހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައެއް ނުވެ އެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ނަފްލަތީ ބެނެޓް ވަނީ ހަމަލާއާއި ގުޅިގެން މިއީ މުސްލިމުންގެ ރޯދަ މަހު އެމީހުންނަށް އަމާޒު ކުރާ ހަމަލާތަކެއް ކަމަށްބުނެ މުސްލިމުންގެ ބޮލުގައި ތުހުމަތު އަޅުވާފައި އެވެ. އަދި ވަނީ ބަޑި ގެންގުޅުމުގެ ލައިސަންސް އޮންނަ ހުރިހާ އިސްރާއީލް ރައްޔިތުން ބަޑި ހިފައިގެން ބޭރަށް ނުކުމެ އުޅުމަށް އިލްތިމާސް ކޮށްފަ އެވެ.

މި ހަމަލާ ދީފައި މިވަނީ މިދިޔަ ދެތިން ހަފްތާ ތެރޭގައި އިސްރާއީލްގެ އެކި ސަރަހައްދުތަކުގައި ބަޑީގެ ހަމަލާތައް ދީ އިސްރާއީލްގެ އާންމުން މެރުން އިތުރުވެފައި ވަނިކޮށެވެ. އެގޮތުން އެންމެ ފަހުން މިދިޔަ ހަފްތާގައި ދިން ހަމަލާތަކުގައި އިސްރާއީލްގެ 11 މީހުން މަރާލާފައިވެ އެވެ.

މި ހަމަލާތަކުގެ ޒިންމާ އައިއެސްއިން ނަގާފައިވެ އެވެ. އެހެންވެ ރޭގެ ހަމަލާތަކަކީވެސް އެ ޖަމާއަތުން ދިން ހަމަލާތަކެއް ކަމަށް އިސްރާއީލުން ވަނީ ތުހުމަތުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް