ފައިސާ ގޯނި ހިފައިގެން ހިނގިކަމަށް ބުނި މީހާއާމެދު އެޅީ ކޮން ފިޔަވަޅެއްތޯ މައުމޫން ސުވާލު ކުރައްވައިފި

ފައިސާ ގޯނި ހިފައިގެން ހިނގިކަމަށް ބުނި މީހާއާމެދު އެޅީ ކޮން ފިޔަވަޅެއްތޯ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ފުލުހުންނާއި އެޓާނީ ޖެނެރަލްގެ އޮފީސް ކުރެން ސުވާލު ކުރައްވައިފި އެވެ. ރައީސް މައުމޫ...

08 Apr 2017 | 10:42

ފައިސާ ގޯނި ހިފައިގެން ހިނގިކަމަށް ބުނި މީހާއާމެދު އެޅީ ކޮން ފިޔަވަޅެއްތޯ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ފުލުހުންނާއި އެޓާނީ ޖެނެރަލްގެ އޮފީސް ކުރެން ސުވާލު ކުރައްވައިފި އެވެ.

ރައީސް މައުމޫން މި ސުވާލު ކުރައްވާފައިވަނީ ޓްވިޓާގަ އެވެ.

ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައިވަނީ "ހެއްކެއް ނެތި ގާސިމް އިބްރާހިމް އަށް ރިޝްވަތުގެ ތުހުމަތު ކުރާއިރު ފައިސާ ގޯނި ހިފައިގެން މެމްބަރުން ގާތަށް ހިނގި ކަމަށް ބުނި މީހާ އާ ދޭތެރޭ އެޅުއްވީ ކޮން ފިޔަވަޅެއްތޯ؟ އެވެ. އަދި ހަމަޔާއި އިންސާފު ކޮބައިތޯ ސުވާލު ކުރައްވާފައިވާއިރު ފުލުހުންނާއި އެޓާނީ ޖެނެރަލް ޖަވާބު ދެއްވުމަށްވެސް މައުމޫންގެ ޓްވީޓްގައި އެދިލައްވާފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް