މަހެެއްހާ ދުވަހުގެ ތެރޭގައި ވިިލިމާލޭގަައި ޑަޔަލިސިސް ޔުނިޓެއް ގާއިމު ކުރަނީ

މަހެއްހާ ދުވަހުގެ ތެރޭގައި ވިލިމާލެ ހޮސްޕިޓަލުގައި ޑަޔަލިސިސް ޔުނިޓެއް ގާއިމުކޮށް، ޚިދުމަތް ދެވެން ފެށޭނެ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ. ވިލިމާލޭ ހޮސްޕިޓަލްގެ ޑިރެކްޓަރު އަހުމަދު ޒާހިރު ވިދ...

08 Apr 2017 | 10:09

މަހެއްހާ ދުވަހުގެ ތެރޭގައި ވިލިމާލެ ހޮސްޕިޓަލުގައި ޑަޔަލިސިސް ޔުނިޓެއް ގާއިމުކޮށް، ޚިދުމަތް ދެވެން ފެށޭނެ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.

ވިލިމާލޭ ހޮސްޕިޓަލްގެ ޑިރެކްޓަރު އަހުމަދު ޒާހިރު ވިދާޅުވީ އެ ހޮސްޕިޓަލުގައި މިހާރު ދެ ޑަޔަލިސިސް މެޝިން ބަހައްޓާފައިވާ ކަމަށެވެ. ނަމަވެސް ޚިދުމަތް ދޭން ފެށުމަށް ބޭނުންވާ ބައެއް ސާމާނު އަދި ނުލިބޭ ކަމަށާއި އެތަކެތި އަންނަ މަހުގައި ގެނެވުމުން ޚިދުމަތް ދޭން ފަށާނެ ކަމަށް ޒާހިރު ވިދާޅުވިއެވެ.

ޑަޔަލިސިސްގެ ޚިދުމަތަކީ ވަރަށް ގިނަ ވަގުތު ހޭދަ ކުރަން ޖެހޭ ކަމެކެވެ. އެގޮތުން އެންމެ މީހަކަށް ޑަޔަލިސިސް ހަދަންވެސް މަދުވެގެން ހަތަރު ގަޑިއިރު ނަގައެވެ. އަދި ވިލިމާލޭގައި ދިރިއުޅޭ 10 މީހަކު ޑަޔަލިސިސް ހަދަން ކޮންމެ ފަހަރަކު  ދާން ޖެހެނީ އައިޖީއެމްއެޗަށެވެ.

ޑަޔަލިސިސްގެ ޚިދުމަތް ފެށުމަށް ވިލިމާލެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ދެ ނަރުހެއް ވަނީ ތަމްރީނުކޮށް ނިމިފައެވެ. އަދި އިތުރު ދެ ނަރުހުން މިހާރު ދަނީ ތަމްރީނު ކުރަމުންނެވެ.

ވިލިމާލެ ހޮސްޕިޓަލްގައި ޑަޔަލަސިސް ހަދާ މީހުންނަށް ޚާއްސަކޮށްފައި ވަނީ ދެ އެނދެވެ.

ވިލިމާލެ ހޮސްޕިޓަލްގެ ޚިދުުމަތްތައް އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް