ދޮގު ހަބަރު ދެނެގަންނާނެ ގޮތް ފޭސްބުކުން ހަދައިފި

ދޮގު ޚަބަރުތައް ސޯޝަލް މީޑިޔާގައި ފެތުރެމުން ދާތީ އެކަމާއި ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގޮތުން ފޭސްބުކުން އެފަދަ ޚަބަރުތައް ދެނެގަންނާނެ ގޮތް ތަކައެއް ހިމެނޭ ފީޗާ އެއް ތަޢާރަފުކޮށްފި އެވެ. ފޭސްބުކުން ބު...

08 Apr 2017 | 08:46

ދޮގު ޚަބަރުތައް ސޯޝަލް މީޑިޔާގައި ފެތުރެމުން ދާތީ އެކަމާއި ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގޮތުން ފޭސްބުކުން އެފަދަ ޚަބަރުތައް ދެނެގަންނާނެ ގޮތް ތަކައެއް ހިމެނޭ ފީޗާ އެއް ތަޢާރަފުކޮށްފި އެވެ.

ފޭސްބުކުން ބުނީ "އެވެއާނަސް ޑިސްޕްލޭ" ކިޔާ މި ފީޗާ އިންނާނީ ނިއުސް ފީޑުގެ މަތީގައި ކަމަށެވެ. އެ ފީޗާ ބޭނުން ކުރުމަށް ފޭސްބުކް ގައި ދައުރުވާ ހަބަރަކާއި ގުޅޭގޮތުން މައުލޫމާތު ހޯދުމަށް އެ ފީޗާ އަށް ފިއްތާލުމުން އެއީ ދޮގު ނުވަތަ ތެދު ހަބަރެއް ކަން އެނގޭނެ އާންމު މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން އެ ޚަބަރެއް ލިޔެފައިވާ ވެބްސައިޓް ހޯދުމުގެ އިތުރުން އެއާ ގުޅޭ ޚަބަރެއް އިންޓަނެޓްގައި ދައުރުވަމުންދާނަމަ އެވެސް ހޯދައި ދެއެވެ. ޚަބަރުތައް ފެތުރުމަކީ ރަގަޅުކަމެއް ކަމަށާއި އެހެންނަމަވެސް ދޮގު ޚަބަރުތައް ފެތުރުމަކީ އެމީހުންގެ މަގުސަދާ ޚިލާފުވާކަމެއްކަމަށް ކެލިފޯނިއަރގައި އިންނަ ފޭސްބުކް ގެ އިދާރާއިން ވަނީ ބުނެފަ އެވެ.

މި މަހުގެ ކުރީ ކޮޅުގައި ޓެކް އިންޑަސްޓްރީތަކާއި އެކެޑެމިކް އޯގަނައިޒޭޝަންތައް ގުޅިގެން ވަނީ ދޮގު ޚަބަރުތައް ފެތުރުން ހުއްޓުވޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ފަށާފަ އެވެ. މީގެ އިތުރުން ނޫސްވެރިކަމަކީ ނުވަތަ ޖނަލިޒަމް އަކީ ކޮބައިކަން އާއްމުންނަށް އެންގުމުގެ ކަންތައްތައްވެސް އެމީހުން ވަނީ ފަށާފަ އެވެ.

މި ފަދަ ދޮގު ޚަބަރުތަކުގެ ސަބަބުން އެކި ގައުމުތަކުގައި ސިޔާސީ ގޮތުންވެސް ދަނި އެތައް ގޮންޖެހުންތަކާއި ކުރިމަތިލަމުންނެވެ. ވޯޓުލާ ދުވަސްވަރު ވޯޓު ލާ މީހުންނަށް އޮޅުވާލުމުގެ ގޮތުން ސޯޝަލް މީޑިޔާގައި ދޮގު ޚަބަރު ފަތުރާ މީހުން މަދެއް ނޫނެވެ.

ފޭސްބުކުން ވަނީ " ޖާރނަލިޒަމް ޕްރޮޖެކްޓް" ގެ ނަމުގައި ޕްރޮޖެކްޓެއްވެސް ތަޢާރަފު ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް