ފިރިހެނަކު ތިން އަހަރުވަންދެން ކޮންމެ ދުވަހަކު އެއް މެސެޖެއް އޭނާގެ ކުރީގެ ލޯބިވެރިޔާއަށް ފޮނުވައިފި އެވެ.
އޭނާ އެ މެސެޖު ފޮނުވަނީ ކޮންމެ ދުވަހަކު އެއް ގަޑިއެއްގައި އެވެ. އަދި މެސެޖު ކުރަން ހަނދާން ކުރުމުގެ ގޮތުން އެގަޑިއަށް ފޯނު އެލާމްވާ ގޮތަށް ހަދާފައި އިނދެ އެވެ.
ޕިކާސޯގެ ނަމުން އެނގޭ މި ލޯބިވެރިޔާ ސޯޝަލް މީޑިޔާގައި އާއްމުކޮށްފައިވާ ފޮޓޯތަކުގައި އޭނާގެ ކުރީގެ ލޯބިވެރިޔާއަށް ކޮންމެ ދުވަހެއްގެ އެއް ގަޑިއެއްގައި "އައި ހޭޓް ޔޫ" ޖަހައިފައި މެސެޖް ފޮނުވައިފައިވާ މަންޒަރު ފެނިގެން ދެއެވެ.
ޕިކާސޯ މި ފޮޓޯ އާއްމު ކޮށްފައިވަނީ ޓްވިޓާގަ އެވެ. އޭނާގެ ކުރީގެ ލޯބިވެރިޔާ ދެކެ ރުޅި އަންނަ ކަމަށް ބުނެ ކޮށްފައިވާ މެސެޖްތައް ފެންނަހުރި މި ފޮޓޯ ގައި ކެޕްޝަން އެއް ގޮތުގައި އޭނާ ޖަހައިފައިވަނީ " އަހަރެން، އަހަރެންގެ ކުރީގެ ލޯބިވެރިޔާއަށް ކޮންމެ ދުވަހެއްގެ ހެނދުނު 7:45 ގައި މިމެސެޖް ފޮނުވަނީ އަހަރެން އޭނާ ދެކެ ފޫހިވާކަން ހާމަކޮށްދިނުމަށް" މިހެންނެވެ.
މި ފޮޓޯގައި އެ އަންހެން ކުއްޖާ އޭނާ ކައިރީގައި އެ މެސެޖުތައް ކުރުން ހުއްޓާލުމަށް ބުނެފައި ވެއެވެ. އޭނާ ދެކޭގޮތުގައި ޕިކާސޯ އަށް އަދިވެސް އޭނާގެ ހަދާންތަކާ ދުރަށް ނުދެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް