ސެލްފީއެއް ނަގަން އުޅެނިކޮށް އަންހެނަކު ބްރިޖަކުން ވެއްޓިއްޖެ

ނޯދާން ކެލިފޯނިއާގައި ސެލްފީ ނަގަން އުޅެނިކޮށް އަންހެނަކު ބްރިޖަކުން ވެއްޓިއްޖެ އެވެ. އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި އެ އަންހެން މީހާ ވެއްޓިފައިވަނީ ބްރިޖުގެ 60 ފޫޓުގެ އުސް ބަޔަކުނ...

08 Apr 2017 | 07:11

ނޯދާން ކެލިފޯނިއާގައި ސެލްފީ ނަގަން އުޅެނިކޮށް އަންހެނަކު ބްރިޖަކުން ވެއްޓިއްޖެ އެވެ.

އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި އެ އަންހެން މީހާ ވެއްޓިފައިވަނީ ބްރިޖުގެ 60 ފޫޓުގެ އުސް ބަޔަކުންނެވެ. އޭނާ ބްރިޖުން ވެއްޓުމާއެކު ވަގުތުން އެ ސަރަހައްދުގައި ހުރި ސަޓާ ރޯސްވިލް މެޑިކަލް ސެންޓަރަށް ގެންގޮސް ފަރުވާ ދޭން ފަށައިފައި ވާކަމަށާއި އޭނާ ސަލާމަތްވުމުގެ އުއްމީދު އެބައޮތް ކަމަށް ޕްލޭސަރ ކައުންޓީ ފުލުހުން ހާމަކުރެ އެވެ.

ފުލުހުން ހާމަކުރާގޮތުގައި މި އަންހެންމީހާ އަކީ ކާކު ކަން އަދި އެނގިފައި ނުވާ ކަމަށެވެ. އޭނާ އެ ދުވަހު ދިޔައީ އޭނާގެ ރަހުމަތްތެރިންގެ ގުރޫޕަކާއެކު ބްރިޖު ބަލާލަން ކަމަށާއި އެމީހުން ދިޔައީ 730 ފޫޓުގެ ތިރީގައި ހިނގަން ހަދާފައި ހުރި ތަނަކުން ކަމަށްވެސް އެމީހުން ބުނެ އެވެ.

އެމީހާ ވެއްޓިގެން ގޮސް ޖެހުނީ ބްރިޖުގެ ތިރީގައި ހުރި ބައެއްގަ އެވެ.

ބްރިޖުގެ ތިރީގައި އެގޮތަށް ހިނގަން ހަދާފައިވާ ތަންތަނަކީ އާއްމުންނަށް ހުޅުވާފައި ހުންނަ ތަންތަން ކަމަށާއި އެތަނަށް ވަންނަ މީހުންނަށް ގާނޫނީ ގޮތުން ފިޔަވަޅު އެޅޭނެކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް