ކ. ކާށިދޫ ކައިރިން މުދަލާއެކު ދޯންޏެއް އަޑިއަށްގޮސްފައިވާތީ، އެސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.
"ބްލެކް ޕާރލް" ނަމަކަށް ކިޔާ 70 ފޫޓްގެ މި ދޯނި އަޑިއަށް ގޮސްފާވަނީ ކާށިދޫއާއި 12 ނޯޓިކަލް މޭލު ދުރުން ހުޅަނގުންނެވެ. ދެފެން ދޭތެރޭގައި އޮތް މި ދޯނި އޮޔާދާނެކަމަށް ލަފާކުރެވެނީ ހުޅަނގު ދެކުނަށްކަމަށާއި، އެ އުޅަނދު އޮޔާދާތީ އެ ސަރަޙައްދުން ދަތުރު ކުރާ އެހެން އުޅަނދުތަކުން ޚާއްޞަ ސަމާލު ކަމެއް ދިނުމަށް އެމްއެންޑީއެފްއިން އިލްތިމާސްކުރެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ށ. އަތޮޅުގެ އެކި ރަށްރަށް ޓާފް ހިފައިގެން ދިޔަ މި ދޯނި އަޑިއަށް ދާން މެދުވެރިވީ ދޯނީގެ އިންޖީން ރޫމަށް ފެން އެޅުމުގެ ސަބަބުންނެވެ.
ދަތުރު ކުރަމުން ދިޔައިރު މި ދޯނީގައި ތިބި ދެ ދިވެހިންނާއި ދެ ބިދޭސީއަކު އެމްއެންޑީއެފްއިން ސަލާމަތްކޮށް އެ ސަރަޙައްދުން މާލެ ދަތުރުކުރި އެހެން ބޯޓަކަށް އަރުވާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް