ރިޝްވަތު ދޭކަމަށް ބުނެ ހައްޔަރު ކުރި އަފްރާތު ފޯނު އަތުލުމަށް ފަހު ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުގެ ފައިސާ ބަހާ ކަމަުގެ ތުހުމަތުގައި މިރޭ ހައްޔަރު ކުރި މއ. ގުލްޝަންކިނާރާ އިބްރާހީމް އަފްރާތު ދޫކޮށްލައިފި އެވެ. ކޯޓު އަމުރެއް ނެތި ފުލުހުން އޭނާ ހައްޔަރ...

07 Apr 2017 | 20:20

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުގެ ފައިސާ ބަހާ ކަމަުގެ ތުހުމަތުގައި މިރޭ ހައްޔަރު ކުރި މއ. ގުލްޝަންކިނާރާ އިބްރާހީމް އަފްރާތު ދޫކޮށްލައިފި އެވެ.

ކޯޓު އަމުރެއް ނެތި ފުލުހުން އޭނާ ހައްޔަރު ކުރީ މަގުމަތިންނެވެ. އަދި ފުލުހުން އޮފީހަށް ބިޑިި އަޅުވަިއގެން ގެންގޮސް ފަހުން ދޫކޮށްލީ ފޯނު އަތުލުމަށް ފަހު އެވެ.

ފުލުހުން މީޑިއާ އޮފިސަރު ވިދާޅުވީ މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ދޭން ބޭނުން ނުވާ ކަމަށެވެ.

ރޭ ފުލުހުން ވަނީ ހަމަ އެ މައްސަލައިގެ ތުހުމަތުގައި އަފްރާތުގެ ގެ ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކޮށްފައި އެވެ. އެކަމަކު ރިޝްވަތުގެ ފައިސާ ބަހާ މައްސަލައިގެ އެއްވެސް ހެއްކެއް ފެނިފައިވާ ކަމަކަށް ނުވެ އެވެ.

އަފްރާތަކީ ރައީސް މައުމޫން އަބްދުލްގައްޔޫމް އަށް ތާއީދު ކުރާ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް