ކަރަންޓް ސަބްސިޑީއަށް އެދުމުގެ ފުރުސަތު އިތުރު ކުރުމަށް ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ނިންމައިފި އެވެ.
ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކަރަންޓް ސަބްސިޑީއަށް އެދުމުގެ ފުރުސަތު އެއް މަސް ދުވަހަށް އިތުރުކުރުމަށް އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އަދި އަންނަ މަހުގެ ނުވަ ވަނަ ދުވަހަށް ފަހު ސަބްސިޑީ ހައްގުވާ ފަރާތްތައް ކަނޑައެޅުމަށް ފަހު ޖޫން 10 ވަނަ ދުވަހުން ފެށިގެން އާންމުކޮށް ސަބްސިޑީއަށް އެދެވޭނެކަމަށް ނިހާން ވިދާޅުވެފަ ވެއެވެ.
https://twitter.com/ahmed_nihan/status/585752727868739584
އިކޮނޮމިކް ކައުންސިލުން އެގޮތަށް ނިންމުމުން ސަބްސިޑީއަށް އެދުމުގެ މުއްތަދު ދެން ހަމަވާނީ އަންނަ މެއި މަހުގެ ނުވަވަނަ ދުވަހު އެވެ. ކުރިން އެ މުއްދަތު ހަމަވާގޮތަށް މާދަމާގެ ނިޔަލަށެވެ.
ކަރަންޓް ސަބްސިޑީއަށް އެދުމުގެ މުއްދަތު ކުރިން ހަމަޖައްސާފައި އޮތް ގޮތުން މާދަމާއަށް ހަމަވާނެ އެވެ. ބެލެވޭގޮތުގައި އިކޮނޮމިކް ކައުންސިލުން އެގޮތަށް ނިންމީ މިއަދު ގިނަ އަދަދެއްގެ ބަޔަކު މާލޭގައި ސަބްސިޑީއަށް އެދި ފޯމް ބަލައިގަންނަ ތިން މަރުކަޒުގައިވެސް ކިއު ޖެހުމުންނެވެ.
އާންމުން ބުނެފައިވަނީ ކަރަންޓް ސަބްސިޑީއަށް ފޯމް ހުށަހެޅުމާއި ގުޅޭ މާބޮޑު މައުލޫމާތެއް އެންސްޕާއިން ފޯރުކޮށްދީފައި ނުވާކަމަށެވެ.
ކަރަންޓް ސަބްސިޑީއަށް އެދުމުގެ ފުުރުސަތު ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ.
ކަރަންޓް ސަބްސިޑީ މީގެކުރިން ވިޔަފާރިކުރާ ތަންތަނަށް ދެމުންދިއަނަމެސް މިދިޔަ މަހުން ފެށިގެން ވަނީ ވިޔަފާރިތަކަށް ދެމުން އައި ސަބްސިޑީ ކަނޑާލާފަ އެވެ. ސަބްސިޑީ ކަނޑާލުމުގެ ސަބަބުން މިދިޔަ މަހުގެ ކަރަންޓް ބިލް ބޮޑުވެގެން ބައެއް ރަށްރަށުގެ ފިހާރަތައް ބަންދުކޮށް މުދަލުގެ އަގު ވަނީ ބޮޑުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް