ދިރާގުގެ އަހަރީ އާންމު ޖަލްސާ މިމަހު 16 ގައި

ދިރާގުގެ 26 ވަނަ އަހަރީ އާންމު ޖަލްސާ މިމަހު 16 ގައި ބާއްވަން އެ ކުންފުނިން ނިންމައިފި އެވެ. ދިރާގުން ބުނީ އެ ޖަލްސާގައި އާންމު ހިއްސާދާރުންނަށް ބަހާނެ ޑިވިޑެންޓް ފާސްކުރުމާއި އާންމު ހިއްސާދާރުންގެ ފަ...

08 Apr 2015 | 10:59

ދިރާގުގެ 26 ވަނަ އަހަރީ އާންމު ޖަލްސާ މިމަހު 16 ގައި ބާއްވަން އެ ކުންފުނިން ނިންމައިފި އެވެ.

ދިރާގުން ބުނީ އެ ޖަލްސާގައި އާންމު ހިއްސާދާރުންނަށް ބަހާނެ ޑިވިޑެންޓް ފާސްކުރުމާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް މެންބަރުން ހޮވުން އޮންނާނެ އެވެ.

މިމަހު ނުވަވަނަ ދުވަހުގެ ކުރިން ދިރާގުގެ ހިއްސާދާރެއްގެ ގޮތުގައި ލިސްޓް ކުރެވިފައިވާ ކޮންމެ ފަރާތަކަށް ބައްދަލުވުމުގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން މިދިޔަ އަހަރު އެ ކުންފުނީގެ ފައިދާ ބަހާފައި ވަނީ ހިއްސާއަކަށް 4.72 ރުފިޔާގެ ރޭޓުންނެވެ. ދިރާގުން އާންމުކޮށްފައިވާ އެ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ސާފުފައިދާގެ ގޮތުގައި ލިބިފައި ވަނީ 174.5 މިލިއަން ރުފިޔާ އެވެ.

ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ޕަބްލިކް ކުންފުނިތަކުން ކޮންމެ މާލީ އަހަރެއް ނިމޭތާ ފަސް މަސް ދުވަހުގެ ތެރޭގައި އަހަރީ އާންމު ޖަލްސާ ބާއްވަން ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް