ގާސިމް އުއްތަމަ ފަނޑިޔާރާއި ބައްދަލު ކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސުޕްރީމް ކޯޓަށް ވަޑައިގެން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ މިއަދު ބައްދަލު ކުރައްވައިފި އެވެ. އެ ބައްދަލުވުމަށް ފަހު ނުކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމ...

08 Apr 2015 | 10:51

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސުޕްރީމް ކޯޓަށް ވަޑައިގެން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

އެ ބައްދަލުވުމަށް ފަހު ނުކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ގާސިމް ވިދާޅުވީ ސުޕްރީމް ކޯޓަށް ވަޑައިގެންނެވީ ޓޫރިޒަމް މިނިސްޓްރީއާ ދެކޮޅަށް ވިލާ ހޮލިޑޭ ޕްރައިވެޓް ލިމިޑެޓުން ހުށަހެޅާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

ގާސިމް ވިދާޅުވީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މައްސަލަ ބަލައިނުގަތުމުން މިއަދު އުއްތަމަ ފަނޑިޔާރާއި ބައްދަލު ކުރީ އެ މައްސަލަ ބަލައިނުގަތް ސަބަބެއް އޮޅުންފިލުވުމަށް ކަމަށެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވީ ލިޔުމަކުން މައްސަލަ ހުށައެޅުމަށް ކަމަށް ގާސިމް ވިދާޅުވިއެވެ.

މީރާއިން ވިލާ ގްރޫޕަށް ފޮނުވި ނޯޓިސްގައި ވަނީ 30 ދުވަހުގެ ތެރޭގައި ދައުލަތަށް ދައްކަންޖެހޭ 100 މިލިއަން ޑޮލަރު ދައްކައި ޚަލާސްކުރުމަށެވެ. އަދި އެ ފައިސާ ނުދައްކައިފިނަމަ ވިލާގެ އެކައުންޓުތައް ފްރީޒް ކުރުމަށް މީރާ އިން ވަނީ ނިންމާފަ އެވެ.

ގާސިމް ވިދާޅުވީ ވިލާގެ ވިޔަފާރިތަކުގެ އެގްރިމެންޓް ބާތިލް ކުރަމުންދަނީ ނުހައްގުން ކަމަށެވެ.

ގާސިމް ވިދާޅުވީ ވިލާ ގްރޫޕްގެ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ކަމަށް ބުނާ 100 މިލިއަން ޑޮލަރުގެ މައްސަލައާ ގުޅިގެން އެކުންފުނީގެ އެކައުންޓުތައް ފްރީޒްކޮށްފިނަމަ ވިލާގެ ދަށުން މަސައްކަތް ކުރާ 5000 އަށް ވުރެ ގިނަ މުވައްޒަފުން ހާލުގައި ޖެހޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ގްރޫޕްގެ ދަށުން ހިންގަމުންދާ ވިލާ ހޮލިޑޭ ކުންފުންޏަށް ދޫކޮށްފައިވާ ކ. މާދިއްގަރު ފަޅާއި ކ. ކަނުހުރާގެ އެއްބަސްވުން ބާތިލްކޮށް ސަރުކާރުން ފޮނުވި ލިޔުމަށް އަމަލުކުރުން ފަސްކުރުމަށް އެކުންފުނިން ވަގުތީ އަމުރަކަށް އެދުމުންއެ އަމުރު ނެރެދެވެން ސިވިލް ކޯޓުން މިއަދު ވަނީ ނިންމައިފި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް