ދެ ފަޅު އަނބުރާ ނެގި މައްސަލައިގަ ވަގުތީ އަމުރު ނެރެދެވެން ނެތްކަމަށް ނިންމައިފި

ކ. މާދިއްގަރު ފަޅާއި ކ. ކަނުހުރާގެ އެއްބަސްވުން ބާތިލްކޮށް ސަރުކާރުން ވިލާ އަށް ފޮނުވި ލިޔުމަށް އަމަލުކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ. ސިވިލް ކ...

08 Apr 2015 | 08:46

ކ. މާދިއްގަރު ފަޅާއި ކ. ކަނުހުރާގެ އެއްބަސްވުން ބާތިލްކޮށް ސަރުކާރުން ވިލާ އަށް ފޮނުވި ލިޔުމަށް އަމަލުކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ސިވިލް ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ވިލާއިން އެދިފައިވާގޮތަށް ވަގުތީ އަމުރު ނެރެފިނަމަ، ދައުވާގެ މައުޟޫއަށް ގޮތެއް ކަނޑައެޅިގެންދާނެތީ، މިހިނދުގައި ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށެވެ.

އަދި އެ ދެތަނުގެ އެއްބަސްވުން ބާތިލް ކުރުމުން ވިލާއަށް ލިބޭނެ ކަމަށް ބުނެފައިވަނީ މާލީ ގެއްލުން އެކަނި ކަމަށް ނިންމުމުގައި ބުނެފަ ވެއެވެ. އެހެންކަމުން އެއީ އަދުލުވެރިގޮތެއްގައި އަނބުރާ އިއާދަކުރެވިދާނެ ގެއްލުމެއް ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށެވެ.

ކ. މާދިއްގަރު ފަޅާއި ކ. ކަނުހުރާ ފަޅު ވިލާއަށް ދީފައި ވަނީ ސަރުކާރުން އެކުންފުންޏަށް ދިނުމަށް އެއްބަސްވި ހދ. ހަނިމާދޫގެ ބިމުގެ މައްސަލައާ ގުޅިގެން 9.2 މިލިއަން ރުފިޔާ ވިލާއަށް ދެއްކުމަށް ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، އެފައިސާ ސަރުކާރަށް ދެއްކެން ނެތުމުންނެވެ.

އެ ދެ ފަޅު ދިނުމުގެ އިތުރުން އެ ފައިސާގެ ބަދަލުގައި ވިލާއިން ސަރުކާރަށް ދައްކަންޖެހޭ ޓެކްސްގެ ބައެއް ވެސް ވަނީ މައާފްކޮށްދީފައެވެ.

އެ ދެ ފަޅަކީ ވިލާ ގްރޫޕްގެ ދަށުން ހިންގަމުންދާ ވިލާ ހޮލިޑޭ ކުންފުންޏަށް ދޫކޮށްފައިވާ ދެ ފަޅެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް