ހޯމް މިނިސްޓަރުގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަންކަން ފާހަގަކޮށް ހުށަހެޅުމުގެ ފުރުސަތު ދީފި އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ "މިނިސްޓަރުގެ ސަމާލުކަމަށް" ނަމުގައި ރައްޔިތުން ކަންބޮޑުވާ ނުވަތަ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަމެއް އޮތްނަމަ އެސްއެމްއެސް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން 1515 އަށް އެސްއެމްއެސް ކުރުމުން ރައްޔިތުންގެ .ކަންބޮޑުވުންތައް މިނިސްޓްރަށް ރައްދުވާނެ ކަމަށް ވިދާޅުވެފަ ވެއެވެ
https://twitter.com/UmarNaseerPPM/status/585690305862696960
ނަމަވެސް މިނިސްޓަރުގެ ސަމާލުކަމަށް ގެންނަ ކަންކަމާއި މެދު މިނިސްޓަރު އަމަލު ކުރައްވާނެ ގޮތެެއް ވިދާޅުވެފައެއް ނުވެ އެވެ.
މިނިސްޓަރުގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަންކަން ފާހަގަކޮށް އެސްއެމްއެސް ކުރުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ ހޯމް މިނިސްޓަރަށް އެޑްރެސްކޮށް ސިޓީތަކެއް އެމްޑީޕީން ހުށަހަޅަން އުޅެ އެކަން ނުވެފައި ވަނިކޮށެވެ. އެދުވަހު ފުލުހުން ބުނެފައިވަނީ ސިޓީ ރައްދުކުރަން ވަދެވޭނީ ކޮންމެ މީހަކަށް ވަކިން ކަމަށެވެ. އެކަމާ ގުޅިގެން އެމްޑީޕީން ސިޓީ ރައްދުކުރަން ދިޔަ މީހުން ވަނީ އަނބުރާ ގޮސްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް