ކަރަންޓް ސަބްސިޑީއަށް އެދި ފޯމް ހުށަހެޅުމަށް ފަހު ވަގުތު ގިނަ ބަޔަކު ކިޔުގައި ޖެހިއްޖެ އެވެ.
މާލޭގައި ކަރަންޓް ސަބްސިޑީއަށް ރެޖިސްޓްރީ ކުރުން ކުރިޔަށްގެންދަނީ ވެލާނާގޭގެ އިތުރުން ސޯޝަލް ސެންޓަރާއި ފިނޭންސް މިނިސްޓްރީގައި މޭޒު ބަހައްޓައިގެންނެވެ. މިހާރުވެސް އެ ތިން ސަރަހައްދުގައި ގިނަ އަދަދެއްގެ ބަޔަކު ތިބީ ކިޔުގައި ޖެހިގެންނެވެ.
އެންސްޕާއިން އިއްޔެ ބުނެފައިވަނީ ކަރަންޓް ސަބްސިޑީއަށް ރެޖިސްޓްރީ ކުރާ ހުރިހާ ފަރާތްތަކަށް ސަބްސިޑީ ލިބޭނެ ކަމަށެވެ. ނަމަވެސް އަލުން ރެޖިސްޓްރީ ނުކުރާ އެއްވެސް ފަރާތަކަށް މިމަހުން ފެށިގެން ސަބްސިޑީ ނުލިބޭނެކަމަށެވެ.
ސަރުކާރުން ނިންމާފައިވަނީ އަލުން ކަރަންޓް ސަބްސިޑީ ދޭއިރު ވިޔަފާރިތަކަށް ސަބްސިޑީ ނުދިނުމަށެވެ. އެގޮތުން މިދިޔަ މަހުގެ ބިލުން ވިޔަފާރިތަކަށް ސަބްސިޑީ ކަނޑާލާފައި ވާއިރު އެކަމާ ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގެ ވިޔަފާރިވެރިން ދަނީ އިހުތިޖާޖު ކުރަމުންނެވެ.
އެކަމާ ގުޅިގެން އެންސްޕާއިން ބުނެފައިވަނީ ވިޔަފާރިތަކަށް ސަބްސިޑީ ދެން ދޫކުރާނެކަމަށެވެ. އަދި ފެނެކައިން ބުނެފައިވަނީ ވިޔަފާރިތަކުން ސަބްސިޑީ ކަނޑާލުމުން 11 މިލިޔަން ރުފިޔާ ސަމާލަތް ކުރެވިފައިވާ ކަމަށެވެ.
އަލުން ސަބްސިޑީއަށް ރެޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވާ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެ އެވެ. އެންސްޕާއިން ބުނެފައިވަނީ އިއްޔެގެ ނިޔަލަށް ސަބްސިޑީއަށް މާލެއިން ފޯމް ހުށަހަޅާފައިވަނީ 5000 ހާ މީހުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް