ހަތަރު ރަށެއްގައި ކުނިމެނޭޖު ކުރާ މަރުކަޒު ހަދަން ބަޔަކާއި ހަވާލުކޮށްފި

ރާއްޖޭގެ ހަތަރު ރަށެއްގައި ކުނި މެނޭޖު ކުރާ މަރުކަޒުތަކެއް ގާއިމު ކުރުމަށް ބަޔަކާ ހަވާލު ކޮށްފިއެވެ. އެ ހަތަރު ރަށަކީ ށ. ގޮއިދޫ އާއި ށ. މާއުނގޫދޫ އާއި ގއ. ގެމަނަފުށި އަދި ގދ. މަޑަވެއްޔެވެ. ކުނިމެނޭޖުކ...

08 Apr 2015 | 06:46

ރާއްޖޭގެ ހަތަރު ރަށެއްގައި ކުނި މެނޭޖު ކުރާ މަރުކަޒުތަކެއް ގާއިމު ކުރުމަށް ބަޔަކާ ހަވާލު ކޮށްފިއެވެ.

އެ ހަތަރު ރަށަކީ ށ. ގޮއިދޫ އާއި ށ. މާއުނގޫދޫ އާއި ގއ. ގެމަނަފުށި އަދި ގދ. މަޑަވެއްޔެވެ.

ކުނިމެނޭޖުކުރާ މަރުކަޒުތައް ގާއިމްކުރުމުގެ އެއްބަސްވުމުގައި އެންވާރަމެންޓު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހީމެވެ.

ށ. ގޮއިދޫގެ ކުނިމެނޭޖުކުރާ މަރުކަޒު އިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނީ އައިއެސްއެފް ކޮންސްޓްރަކްޝަންއާއެވެ. އެ ރަށުގެ މަރުކަޒު އިމާރާތް ކުރުމަށް ޖުމްލަ 682،811 ރުފިޔާ ހަރަދުވާނެ ކަމަށް އެންވާރަމެންޓު މިނިސްޓްރީން ބުންޏެވެ.

މާއުނގޫދޫގެ ކުނިމެނޭޖުކުރާ މަރުކަޒު ގާއިމް ކުރުމަށް 691،416 ރުފިޔާ ޚަރަދުވާއިރު މަޑަވެލީގައި އިމާރާތް ކުރާ މަރުކަޒަށް 706،682 ރުފިޔާ ޚަރަދުވާނެ ކަމަށެވެ. އެ ދެ ރަށުގެ މަސައްކަތް ކުރިޔަށް ގެންދަނީވެސް ހަމަ އެ ކުންފުނިންނެވެ.

ގެމަނަފުށީ ކުނިމެނޭޖުކުރާ މަރުކަޒު އިމާރާތް ކުރަން ހަވާލުކޮށްފައިވަނީ ބްރަދަހުޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ޕްރޮޖެކްޓަށް 728،955 ރުފިޔާ ޚަރަދުވާނެ ކަމަށް އެންވާރަމެންޓު މިނިސްޓްރީން ބުނެ އެވެ.

އެ ހަތަރު ރަށުގައި ގާއިމް ކުރާ ކުނި މެނޭޖް ކުރާ މަރުކަޒުގެ މަސައްކަތް އަންނަ އޯގަސްޓް މަހުގެ އަށް ވަނަ ދުވަހަށް ނިމެނޭކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އެ މަރުކަޒުތަކުގައި ކޮމްޕޯސްޓިން ޕެޑްތަކާއި ކުނި އަތުރާނެ ތަނަކާއި ފެނާއި ކަރަންޓު އަދި އެކުއިޕްމެންޓް ކޮޓަރިއެއް ހުންނާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް