މަސްތުވާތަކެއްޗާއި އެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއެކު މީހަކު ހައްޔަރުކޮށްފިއެވެ. އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 26 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހު...

08 Apr 2015 | 05:32

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 26 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ އިއްޔެ ހެނދުނު 8:30 ހާއިރު މާފަންނު ޕޮލިސް ސްޓޭޝަނުގެ ފުލުހުންގެ ބެލުމުގެ ދަށަށް މިމީހާ ގެންގޮސްފައި ވަނީ  އޭނާގެ އަމަލުތައް ހުރި ގޮތުން މަސްތުގެ ހާލަތުގައި ހުރި ކަމަށް ޝައްކު ކުރެވިގެން ކަމަށެވެ.

ފުލުހުން އެމީހާ ގެންގޮސް ބަލާ ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލޭ އެއްޗެހި ހުރި ތިން ރަބަރު ޕެކެޓުގެ އިތުރުން ވަގަށް ނަގާފައި ކަމަށް ބެލެވޭ ސެމްސަންގް ބްރޭންޑްގެ ދެ ފޯނު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މީހާއަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި ވައްކަން ކުރުމާއި ފޭރުމުގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް