ކާނުތައް ސާފު ކުރުމުގެ މަސައްކަތް އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ފަށައިފި

މާލޭގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމަށް މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ފަށައިފިއެވެ. އެ ވުޒާރައިން...

08 Mar 2025 | 09:26

މާލޭގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމަށް މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ފަށައިފިއެވެ.

އެ ވުޒާރައިން ބުނެފައިވާގޮތުގައި މި ޙަރަކާތް ފެށުނީ މިއަދު ހެނދުނު 9.30 ގައި މަޖީދީމަގުގެ ލަގްޒަރީ ފިހާރަ ކުރިމަތިންނެވެ. މި ޙަރަކާތް ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު އެ ސަރަޙައްދަށް ވަނީ މިއަދު ވަޑައިގެންނެވިކަމަށް ބުނެފައިވެއެވެ.

އެ ވުޒާރާއިން ބުނެފައިވާގޮތުގައި މިއީ މާލޭގެ ހުރިހައި މަގެއްގެ ކާނުތައް ސާފުކުރުމަށް މި ވުޒާރާއިން ހިންގާ ޙަރަކާތެކެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން ވާރޭވެހޭ ކޮންމެ ފަހަރަކު މާލޭގެ މަގުތަކުގައި ފެންބޮޑުވެ އާންމު ރައްޔިތުންނަށް އެ ކަމުގެ އުނދަގޫ ޖެހޭ، ސިފައިންނާއި، ފުލުހުން އަދި މި ވުޒާރާއިން ނުކުމެ މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ދޭތެރެދޭތެރެއިން ކުރަންޖެހޭ" އެ ވުޒާރާއިން ބުނެފައިވެއެވެ.

މީގެ ދެ ދުވަހެއް ވަރު ކުރިން ވަޒީރު އާދަމް ޝަރީފު ޢުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް މިއަދު ފައްޓަވާނެ ކަމަށް އިޢުލާނު ކުރައްވައިފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް