ޑޮމެސްޓިކް ޑިމާންޑް ދަށްވުމާއި ވަޒީފާ ނެތުމުގެ ސަބަބުން ޗައިނާއަށް ކަންބޮޑުވުން

ޗައިނާއިން ޑިފެންސް އައުޓްލޭ އިތުރުކޮށް 2023 ވަނަ އަހަރަށް %5 ގެ ބޮޑު ކުރިއެރުމުގެ ރޭޓެއް ގާއިމްކޮށްފައިވީ، ފުރަތަމަ ފަހަރަށް ކޮމިއުނިސްޓް ލީޑަޝިޕުން މިވަނީ އެގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ގޮން...

08 Mar 2023 | 18:03

ޗައިނާއިން ޑިފެންސް އައުޓްލޭ އިތުރުކޮށް 2023 ވަނަ އަހަރަށް %5 ގެ ބޮޑު ކުރިއެރުމުގެ ރޭޓެއް ގާއިމްކޮށްފައިވީ، ފުރަތަމަ ފަހަރަށް ކޮމިއުނިސްޓް ލީޑަޝިޕުން މިވަނީ އެގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކަށް އަލިއަޅުވާލާފައެވެ. މިކަންކަން އެޤައުމުން މިހާ ހާމަކަން ބޮޑުކޮށް މި ފާޅުކުރީ މާޗް މަހުގެ ތިން ވަނަ ދުވަހު، ބެއިޖިންގގެ ގްރޭޓް ހޯލް އޮފް ޕީޕަލްގައި ފެށި 5 ވަނަ ޤައުމީ ރައްޔިތުންގެ ކޮންގްރެސްގެ ފުރަތަމަ ޖަލްސާގައެވެ.

ޖަލްސާ ފެށުމުގެ ބައްދަލުވުމުގައި ސްޓޭޓް ކައުންސިލްގެ ފަރާތުން ސަރުކާރުގެ މަސައްކަތުގެ ރިޕޯޓެއް ޗައިނާގެ ޕްރިމިއާ ލީ ކެކިއަންގް ދެއްވި އެވެ.

މިގޮތުން މި ރިޕޯޓްގައި ލީ ވިދާޅުވީ ޤައުމުގެ ކާމިޔާބީތައް ދެނެގަންނައިރު، ޗައިނާއަކީ އަދިވެސް ތަރައްޤީވަމުން އަންނަ ޤައުމެއްކަން ވަރަށް ބޮޑަށް އެނގިވަޑައިގަންނަވައެވެ. އެއީ ސޯޝަލިޒަމްގެ ޕްރައިމަރީ މަރުހަލާގައި އޭގެ ތަރައްޤީގައި ފާހަގަކޮށްލެވޭ އިންބެލެންސްތަކާއި އެކަށީގެންނުވާ ކަންކަމެވެ. މިއަދުވެސް އަޅުގަނޑުމެންނަށް ކުރިމަތިވެފައި ވަނީ އެތައް ދަތިތަކާއި ގޮންޖެހުންތަކެކެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ ބޭރު މާހައުލުގައި ޔަގީންކަން ނެތް ކަންތައްތައް ދަނީ އިތުރުވަމުން ކަމަށާއި ދުނިޔޭގެ އިންފްލޭޝަން މަތީގައި އޮތްއިރު، ދުނިޔޭގެ އިގްތިސާދީ އަދި ވިޔަފާރީގެ ކުރިއެރުމުގެ ބާރު ގެއްލި، ޗައިނާ ފިއްތާލައި ހިފެހެއްޓުމަށް ބޭރުން ކުރާ މަސައްކަތްތައް ދަނީ އިތުރުވަމުންނެވެ.

ގޭގައި ސްޓޭބަލް ގްރޯތްގެ ބިންގާ ވަރުގަދަ ކުރަން ޖެހޭއިރު، އެކަށީގެންވާ ޑިމާންޑެއް ނުލިބުމަކީ އަދިވެސް ފާހަގަކޮށްލެވޭ މައްސަލައެއް ކަމަށާއި ލީ ވިދާޅުވިއެވެ. އަދި އަމިއްލަ އިންވެސްޓަރުންނާއި ވިޔަފާރިތަކުގެ އުންމީދުތައް ސްޓޭބަލް ނުވާ ކަމަށާއި އެމްއެސްއެމްއީ އާއި އަމިއްލައަށް ވަޒީފާ އަދާކުރާ ފަރާތްތަކަށް ވިޔަފާރިއާއި ޕްރޮޑަކްޝަން އޮޕަރޭޝަންތަކުގައި އެތައް ދަތިތަކެއް ކުރިމަތިވާކަން އޭނާ ފާހަގަކުރިއެވެ. މީގެއިތުރުން ވަޒީފާގެ ހަމަޖެހުން ދެމެހެއްޓުމުގެ މަސައްކަތަކީ ގޮންޖެހުންތަކެއް ހުރި މަސައްކަތެއް ކަމަށާއި، ބައެއް ލޯކަލް ގަވަރމަންޓްތަކުގެ ބަޖެޓުގެ އިމްބެލެންސް ބޮޑު ކަމަށް ވެސް ވިދާޅުވި އެވެ. ރިއަލް އެސްޓޭޓް މާކެޓުގައި ގިނަ ރިސްކްތަކާއި ފޮރުވިފައިވާ ނުރައްކާތަކެއް އެބަހުއްޓެވެ. ބައެއް ކުދި އަދި މެދުފަންތީގެ މާލީ އިދާރާތަކުގެ އޮޕަރޭޓިން ރިސްކްތައް ވަނީ ހާމަވެފަ އެވެ.

އަދިވެސް ތަރައްގީއަށް ހުރަސްއެޅޭ މުއައްސަސާތަކުގެ އެތައް ހުރަސްތަކެއް އެބަހުރިކަން ފާހަގަކޮށް ލީ ވިދާޅުވީ ސައިންޓިފިކް އަދި ޓެކްނޮލޮޖީގެ އާ އުފެއްދުންތަކުގެ ޤާބިލުކަން އިތުރަށް ރަނގަޅުކުރަންޖެހޭ ކަމަށާއި ތިމާވެށި ހިމާޔަތްކުރުމުގައި އަޅުގަނޑުމެންނަށް އަދިވެސް ދިގު ދަތުރެއް އެބައޮތް ކަމަށެވެ. މީގެއިތުރުން ކާރިސާތައް ހުއްޓުވުމާއި ކުޑަކުރުމަށް އަދި އެހެނިހެން ބޭނުންތަކަށް އާބަން އަދި ރަށްރަށުގެ އިންފްރާސްޓްރަކްޗާގައި އަދިވެސް ބޮޑެތި ބަލިކަށި ގުޅުންތަކެއް އެބަހުރި ކަމަށާއި، ރައްޔިތުންގެ ދިރިއުޅުމަށް މުހިއްމު ދާއިރާތަކުގައި ވެސް ބަލިކަށި ކަންކަން އެބަހުރިކަމަށް ޕްރިމިއާ ވިދާޅުވިއެވެ.

އޭނާ ވަނީ ޗައިނާ ސަރުކާރުން މިފަދަ ކަންކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އަރުވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް