ރަޝިޔާގެ މީޑީއާ ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާ ހިމެނޭ ގޮތަށް ހަ ގައުމަކަށް ވިސާ ދިނުމުގައި ލުއިފަސޭހަތައް ތައަރަފްކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
"އިންޑިއާގެ އިތުރުން އެންގޯލާ، ވިއެޓްނާމް، އިންޑޮނޭޝިއާ، ސީރިއާ އަދި ފިލިޕީންސްއާ އެކު ވިސާގެ ނިޒާމު ލުއިކުރުމަށް ސަރުކާރުތަކުގެ މެދުގައި މަޝްވަރާކޮށް، އެއްބަސްވުންތަކުގެ ޑްރާފްޓް ހެދުމަށް މަސައްކަތް މިދަނީ މަސައްކަތް ކުރަމުން" ރަޝިއާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ އިވާނޯވް ވަނީ ވިދާޅު ވެފައެވެ.
އިވާނޯވް ކުރިން ވިދާޅުވެފައި ވަނީ ބަހްރެއިން، އޮމާން، ސައުދީ އަރަބިއްޔާ، ބަހާމާސް، ބާބަޑޯސް، ހޭޓީ، ޒެމްބިއާ، ކުވައިތު، މެލޭޝިއާ، މެކްސިކޯ، އަދި ޓްރިނިޑާޑް އެންޑް ޓޮބޭގޯ ފަދަ 11 ގައުމަކާ އެކު ވިސާ ފްރީ ދަތުރުފަތުރުގެ އެއްބަސްވުންތަކުގައި ރަޝިޔާއިން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިއީ މިދިޔަ ހަފްތާގައި ބޭއްވި ޖީ20 ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަށް ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޯވް ނިއުދިއްލީއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެވެ. ޖީ20 އަށް އިންޑިއާގެ ރިޔާސަތަށް ތައުރީފު ކުރައްވައި ލަޕްރޯވް ވަނީ ދުނިޔޭގެ އެޖެންޑާގެ މުހިންމު ކަންކަމުގައި އިންޑިއާ އަކީ "ވަރަށް ޒިންމާދާރު" ދައުރެއް އަދާކުރާ ޤައުމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތައުރީފު ކުރެއްވި އެވެ.
ލަވްރޯވް އިތުރަށް ވިދާޅުވީ ޖީ20 ގެ ރައީސްގެ ހައިސިއްޔަތުން ޕީއެމް މޯދީ ކޮންމެ މައްސަލައެއްގައި ވެސް ބެލެންސްޑް އަދި ޒިންމާދާރު ސްޓޭންޑެއް ގެންގުޅުއްވާ ކަމަށެވެ.
އިންޑިއާ އާއި ރަޝިޔާގެ އެކުވެރިކަމުގެ ދިގު ތާރީހެއް އޮތްއިރު، އިންޑިއާގެ މިނިވަންކަން ލިބުނު ފަހުން ވެސް މޮސްކޯއަކީ ނިއުދިއްލީގެ ވަރުގަދަ ވަފާތެރި އެކުވެރިއެއްގެ ގޮތުގައި ދެމިއޮތެވެ. އިންޑިއާގެ ގާބިލްކަން ވަރަށް ކުރީކޮޅު ފެނިގެން ރަޝިޔާއާއި އެގައުމުގެ ލީޑަރުން އަބަދުވެސް އެގައުމާއި ރައްޔިތުންނަށް ވަރަށް ބޮޑަށް އިޙްތިރާމް ކުރަމުން އަންނައިރު، އޭގެ ނަތީޖާއެއްގެ ގޮތުން ދިގު ޒަމާންތަކެއް ވަންދެން ދެމިއޮތް ގުދުރަތީ ދެފަރާތަށް ފައިދާހުރި ޕާޓްނަޝިޕެއް އުފެދިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް