އެމްއެމްއޭއިން އަންހެނުންގެ ދުވަސް ފާހަގަކޮށް، ގާތުންދޭ މައިންނަށް ދެވޭ ބްރޭކްގެ ވަގުތު އިތުރުކޮށްދީފި

އެމްއެމްއޭ އިން އިންޓަނޭޝަނަލް ވުމެންސްޑޭ ފާހަގަކޮށްފިއެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން މުވައްޒަފުންގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. ބައިނަލްއަގްވަމީ، އަންހެނުންގެ ދުވަސް ފާހަގަކުރުމަށް...

08 Mar 2023 | 17:43

އެމްއެމްއޭ އިން އިންޓަނޭޝަނަލް ވުމެންސްޑޭ ފާހަގަކޮށްފިއެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން މުވައްޒަފުންގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.

ބައިނަލްއަގްވަމީ، އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ހާއްސަ ބައްދަލުވުމެއް ބާއްވާފައިވާއިރު، އެމްއެމްއޭ އަކީ މިންތީގެ ހަމަހަމަކަށް ގާއިމުކޮށް އަންހެނުންނަށް ވަޒީފާއަދާކުރުމުގައި ފަސޭހަ މާހައުލެއް އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިދާރާއެކެވެ. ވަކިން ޚާއްސަކޮށް އެމްއެމްއޭގެ ލީޑަރޝިޕްގަ ވެސް އަންހެނުންގެ ދައުރު އަބަދުވެސް ވަރަށް ބޮޑެވެ.

އެމްއެމްއޭއިން މައުލޫމާތުދެއްވާގޮތުގައި މިއަދު އެ އޮތޯރިޓީއިން ވަނީ ގާތުންދޭ މައިންނަށް ދެވޭ އެއް ގަޑިއިރުގެ ވަގުތު ދެ ގަޑިއިރަށް އިތުރުކޮށްފައެވެ.

މި ބަދަލާއެކު މިއަދުން ފެށިގެން ގާތުންދޭ ހުރިހާ މައިންނަށް ވެސް މަސައްކަތުގެ ގަޑީގެ ތެރެއިން ދެ ގަޑިއިރުގެ ހުސްވަގުތެއް ދަރިފުޅާއެކު ހޭދަކުރުމަށް ލިބިގެންދާނެކަމުގައި އެމްއެމްއޭއިން ބުނެއެވެ.

އަންހެނުންގެ ކުރިއެރުމަށް އިސްކަންދިނުމުގައި އެމްއެމްއޭ އިން އަބަދު ވެސް ދަނީ ނަމޫނާ ދައްކަމުންނެވެ. ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީ ހަ މަސްދުވަހަށް އިތުރުކުރި އެންމެ ފުރަތަމަ އެއް އިދާރާއަކީ ވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް