މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކަޅުތުއްކަލާ ކޮށީގައި އެންމެ ޒަމާނީ ވަސީލަތްތަކާއި އެކު ގާއިމް ކުރެވުނު ޖިމް – ސެނަފިޓް ސެންޓަރު، އުރީދޫ މޯލްޑިވްސް ގެ އެހީއާއި އެކު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ސެނަފިޓް ސެންޓަރު އިފްތިތާހުކޮށްދެއްވީ ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިޔާ ދީދީ އަދި އުރީދޫ މޯލްޑިވްސްގެ ޗެއަރޕަރސަން ފަތިމާ އަލް ކުވާރީ، މިއަދު އެ ސެންޓަރުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ގެ އިސްވެރިންނާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ޙާލިދް އަލް ހާމާދީ އާއި އުރީދޫގެ އިސްވެރިން ބައިވެރިވެވަޑައިގަނެފައިވެއެވެ. މި މަސައްކަތަކީ ޞިއްޙަތާއި ދުޅަހެޔޮކަމަށް އުރީދޫއިން ދޭ އަހައްމިއްޔަތުކަމުގެ ދަށުން، އެމްއެންޑީއެފް ގެ އެދިލެއްވުމަށް ކުރިއަށް ގެންދެވުނު މަސައްކަތެކެވެ.
މިއަދު ރަސްމީކޮށް ހުޅުވި މި ސެންޓަރު ގާއިމް ކުރެވިފައިވަނީ ޒަމާނީ ފިޓްނަސް ވަސީލަތްތައް ހިމެނޭ ގޮތަށެވެ. ސެނަފިޓް ސެންޓަރ ގާއިމްކުރުމަށް އުރީދޫއިން ދެއްވި އެއްބާރުލުމަކީ އެކުންފުނީގެ އިތްޖިމާއީ ޒިންމާގެ ދަށުން ދުޅަހެޔޮ ދިރިއުޅުން ބިނާ ކުރުމަށް ވެފައިފާ ވައުދާ އެއްގޮތްވާ ގޮތުގެ މަތިން ކުރެވުނު މަސައްކަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް