ގާސިމް އާއި ފާރިސް ބައްދަލު ކުރައްވައިފި!

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ބައްދަލު ކުރައްވައިފި އެވެ. މި ބައްދަލު ކުރެއްވުން އޮތީ ގާސިމްގެ ރިސޯޓު ސަން އައިލެންޑުގައި ކަމަށްވެ އެވެ. "ދުވަސް"އަށް...

08 Mar 2023 | 15:13

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލު ކުރެއްވުން އޮތީ ގާސިމްގެ ރިސޯޓު ސަން އައިލެންޑުގައި ކަމަށްވެ އެވެ.

"ދުވަސް"އަށް މައުލޫމާތު ދިން މީހަކު ވަނީ އެ ބައްދަލުވުމަށް ފާރިސް މިއަދު ވައިގެ މަގުން އދ. މާމިގިއްޔަށް ވަޑައިގެންކަން ކަށަވަރު ކޮށްދީފައި އެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ދެ ޕާޓީން އެއްޗެއް ނުބުނެ އެވެ.

މި ބައްދަލުވުމަކީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބާއި ގުޅޭ މަޝްވަރާ ކުރެއްވުމަށް ދެބޭފުޅުން ބޭއްވި ބައްދަލު ވުމެއް ކަމަށް ބެލެވެ އެވެ. ޖޭޕީ އާއި އެމްއާރުއެމް އަކީ މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންނެވެ.

އެކަމަކު ކުރިޔަށް އޮތް އިންތިހާބުގައި ދެ ޕާޓީން އެމްޑީޕީ އާއި އެކު ކޯލިޝަން ހެދުމާއި ގުޅޭގޮތުން މިހާތަނަށް ގޮތެއް ނުނިންމަ އެވެ.

އިންތިހާބުގައި ޖޭޕީން ގާސިމް ނެރެން އެޕާޓީން ދަނީ މަސައްކަތް ކުރަމުންނެވެ. އެކަމުގައި ގޮތް ނިންމައި އިންތިހާބަށް ނުކުތުން ނުވަތަ ކޯލިޝަން ހެދުމުގެ ބާރު އެ ޕާޓީގެ ކައުންސިލުން ވަނީ ގާސިމަށް ދީފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް