މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެމްޑީޕީން ވަކިވާން ބޭނުންވާ ކަމަށް ވިދާޅުވެއްޖެ އެވެ.
މިކަން ހާމަ ކުރެއްވީ މިއަދު އޮތް ރައްޔިތުންްގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެ ވާހަކަ ދެއްކެވީ ސަރުކާރުން ހުށަހަޅާފައިވާ ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައް ވަމުނނ
ބޮންޑޭ ވިދާޅުވީ ވަކިވާން ބޭނުންވިޔަސް ގޮތެއް ނިންމަވާނީ އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
ބޮންޑޭ ވިދާޅުވީ އޭނާވެސް ބޭނުންވަނީ އެމްޑީޕީން ވަކިވާން ކަމަށާއި އެމްޑީޕީގެ ސްޓޭންޑާޑް ރުޖޫއަވުމުން އެނބުރި ޕާޓީއާއި ގުޅޭނެ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ރައީސް ނަޝީދާއި ސީރިއަސްކޮށް މަޝްވަރާ ކުރައްވަން ބޭނުން ކަމަށްވެސް ބޮންޑޭ ވިދާޅުވި އެވެ.
ޕާޓީން ވަކިވުމަށްފަހު ހުންނާނީ ދުރުގައި ކަމަށް ވިޔަސް ފިކުރެއްގެ ދިރުން ހަރަކާތުގައި ބައިވެރިވާނެ ކަމުގެ އިޝާރާތެއްވެސް ބޮންޑޭ ދެއްވި އެވެ. ބޮންޑޭ ވިދާޅުވީ ފިކުރެއްގެ ދިރުން ހަރަކާތަކީ ކޮންމެހެން ސޮއި ބޭނުންވާ ކަމެއް ނޫން ކަމަށާއި އެ ހަރަކާތުގައި އޮތީ އެމްޑީޕީގެ ސާފު ތިލަފަތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް