ޔޫކްރެއިން ސިފައިންގެ މީހަކު މަރާލާ ރަހުމް ކުޑަ މަންޒަރަށް ބޮޑު ސަމާލުކަމެއް!

ރަޝިއާ- ޔޫކްރެއިން ހަނގުރާމައަށް އަހަރެއް ވެފައިވާއިރު އަދިވެސް މަޝްރަހު ފިނިވުމުގެ ބަދަލުގައި ފެންނަމުން ދަނީ ހާލަތު ގޯސްވަމުންދާ ތަނެވެ. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޔޫކްރެއިންގެ އެކި ސަރަހައ...

08 Mar 2023 | 08:13

ރަޝިއާ- ޔޫކްރެއިން ހަނގުރާމައަށް އަހަރެއް ވެފައިވާއިރު އަދިވެސް މަޝްރަހު ފިނިވުމުގެ ބަދަލުގައި ފެންނަމުން ދަނީ ހާލަތު ގޯސްވަމުންދާ ތަނެވެ.

މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޔޫކްރެއިންގެ އެކި ސަރަހައްދުތަކަށް ވަޔާއި އެއްގަމު މަގުން ރަޝިއާއިން ދިން ހަމަލާތަކުގައި އެގައުމުގެ ބޮޑު ބައި ވަނީ ސުންނާފަތިވެފައި އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރަމުންދަނީ ރަޝިޔާ ސިފައިން އަރައި ޔޫކްރެއިން ރައްޔިތުންނާއި މެދު ހިންގަމުންދާ ލާއިންސާނީ އަނިޔާވެރިކަމެވެ.

ބައެއް އަވަށް ތަކުގައި އަންހެނުން ރޭޕްކޮށް، އެމީހުންގެ ޖަލުތަކަށް ލައިގެން އަނިޔާކޮށް ކަރަންޓު ޝޮކް ޖެއްސުމުގެ އެތައް ހާދިސާތަކެއް ހިނގާފައިވެ އެވެ. ޔޫކްރެއިން ސިފައިންނަށް ދެމުންދާ ހަމަލާތަކާއި ހަނގުރާމައިގަ އެ ސިފައިންނަށް ވަމުންދާ ގެއްލުންތަކުގެ އިތުރުން މަޖަލަކަށް ހަދައިގެން ޔޫކްރެއިން ސިފައިން މެރުމުގެ މަންޒަރުތައް ފާހަގަ ކުރެވެ އެވެ.

އެފަދަ އެއް ވީޑީއޯއަކަށް މިހާރު ވަނީ މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައި އެވެ. އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ ޔޫކްރެއިން ސިފައިންގެ މީހަކު ވީރާނާވެފައިވާ ސަރަހައްދެއްގައި ސިނގިރޭޓެއް ބޯންހުއްޓަ އެވެ. ވީޑިއޯ ޖެއްސުމާއި އެކު އޭނާ ބުނަނީ ޔޫކްރެއިން ސިފައިންނަށް ކާމިޔާބު އެދޭ ކަމަށެވެ. އަދި ރަޝީއާ ސިފައިންނަށް ނިސްބަތްކޮށް އޭނާ އަވަގުރާނު ގޮވާފައިވެ އެވެ.

އެހެން ބުނުމާއި އެކު ގިނަ ބަޔަކު އެއް ފަހަރާ އޭނާ ގަޔަށް ބަޑި ޖަހާ މަރާލައެވެ. ބަޑިޖަހާ މީހުން ވީޑިއޯއިން ނުފެނުނަސް އެމީހުންް ތިބީ ވީޑިއޯ ކުރަމުންދިޔަ މީހާ ކައިރީގައިކަން އެ މަންޒަރުން އެނގެ އެވެ.

https://twitter.com/lubinetzs/status/1632767920567644160?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1632767920567644160%7Ctwgr%5E61bc5dfec6d2a272543d01783bd63e1015517541%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.indiatoday.in%2F

އެ ވީޑިއޯ އާންމުވުމާއި އެކު ޔޫކްރެއިންގެ ރައީސް ވޮލޮޑްމީރް ޒެލެންސްކީ ވަނީ އެ ސިފައިންގެ މީހާގެ މަރަށް އިންސާފު ހޯދައިދޭނެ ކަމަށް ވިދާޅުވެފައި އެވެ. އަދި އޭނާއަށް ހަމަލާދީ މަރާލި މީހުން ހޯދާނެ ކަމަށް ވައުދުވެ ވަޑައިގެންނެވި އެވެ.

ޔޫކްރެއިން އަސްކަރިއްޔައިން ބުނެފައިވާ ގޮތުގައި އެ ވީޑިއޯގައި މަރާލި ސިފައިންގެ މީހާ އަކީ މިދިޔަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ގެއްލިގެން އުޅޭ މީހެކެވެ.

މި ވީޑިއޯ އާންމުވުމާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުންގެ ފާޑުކިޔުން ރަޝިޔާއަށް އަމާޒުވުން ވަނީ އިތުރުވެފައި އެވެ. އެގޮތުން ރަޝިޔާއަކީ ރަހުމް ކުޑަ އަނިޔާވެރި ގައުމެއްގެ ގޮތުގައި ދަނީ ސިފަ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް