ރައްޔިތުންގެ މަޖިލީހުގައި އަންހެން މެމްބަރުންގެ އަދަދު އިތުރު ކުރަން ގާނޫނު އަސާސީ އިސްލާހު ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަ ކުރަމުންދާ އަންހެނުންގެ ދުވަހާއި ގުޅިގެން މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މަޖިލީހުގައި އަންހެން މެމްބަރުން ތަމްސީލުވާ މިންވަރު އިތުރުކުރަން މަސައްކަތް ކުރަން ޖެހޭކަމަށެވެ. އެއީ މަޖިލީހުގައި އަންހެން މެމްބަރުން ތަމްސީލް ކުރާ މިންވަރާއި މެދު އާންމުން ވިސްނާނެ ކަމަށެވެ.
މީގެ ކުރިން ކައުންސިލްތަކުގައި އަންހެނުންގެ ދައުރު އިތުރު ކުރަން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް ކައުންސިލްގެ ދެ ގޮނޑި ވަނީ އަންހެނުންނަށް ހާއްސަކޮށްފައި އެވެ.
އެފަދަ ގޮތަކަށް އިސްލާހު ގެނެސްފި ނަމަ މަޖިލީހުގެ ބައެއް ދާއިރާތަކަށް އަންހެނުންނަށް ނޫނީ ކުރިމަތި ނުލެވޭނެ އެވެ. އެނޫޫން ގޮތަކަށް ނަހަދާނަމަ19 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލި ގިނަ އަންހެން މެމްބަރުންތަކެއް ފެއިލްވެގެން ދިޔަހެން ދިއުމުގެ ފުރުސަތު ބޮޑެވެ.
މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ އެންމެ ތިން އަންހެން މެމްބަރުންނެވެ. އެއީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް