ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އިލްހާމް އަހްމަދާއި ބައްދަލުކުރައްވަމުން އެބަ ގެންދަވައެވެ.
ކުރިއެކޭ އެއްގޮތަށް މި ބައްދަލުކުރެއްވުންވެސް ކުރިއަށްދަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ރައީސް ގެ ކޮޓަރިކޮޅުގައެވެ.
މި ބައްދަލުވުމަށް އިލްހާމް މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވި މަންޒަރުގެ ވީޑިއޯކޮޅެއް ދުވަހަށް ލިބިފައިވެއެވެ. ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތަކުން ބުނީ މި ބައްދަލުކުރެއްވުމުގައި ބޮޑެތި ގިނަ ކަންތައްތަކަކަށް މަޝްވަރާކުރާނެ ކަމަށެވެ.
ރައީސް ނަޝީދު މިއަދު އިލްހާމާއި ބައްދަލުކުރައްވަމުން ގެންދަވާއިރު މިދިޔަ މަހުގެ 28ގައިވެސް މި ދެބޭފުޅުން ބައްދަލުކުރައްވާފައިވެއެވެ. އެ ބައްދަލުކުރެއްވުންވެސް ކުރިއަށްގެންދިޔައީ މަޖިލީހުގެ އިދާރާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް