ގުރައިދޫ ދާއިރާ ބައި-އިލެކްޝަން: އެމްއެންޕީ ޓިކެޓް އަރީފަށް

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ކުރިމަތިލާން ނިންމާފައިވާއިރު އެ ޕާޓީގެ ޓިކެޓު އަލީ އަރީފް (އަރިއްޕެ)އަށް ލިބިއްޖެއެވެ. ކ. ގ...

08 Mar 2023 | 06:55

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ކުރިމަތިލާން ނިންމާފައިވާއިރު އެ ޕާޓީގެ ޓިކެޓު އަލީ އަރީފް (އަރިއްޕެ)އަށް ލިބިއްޖެއެވެ.

ކ. ގުރައިދޫ ސްކޫލުގައި ލީޑިން ޓީޗަރެއްގެ ގޮތުގައި އެންމެ ފަހުން މަސައްކަތްކުރި އަލީ އަރީފަށް މި ޓިކެޓު ލިބުނީ އެ ޕާޓީގެ ޕްރައިމަރީގައި އިތުރު ފަރާތަކުން ކުރިމަތިލާފައި ނުވާތީއެވެ.

ގުރައިދޫ ސްކޫލުގައި 23 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާ އަރިއްޕެއަށް އެމްއެންޕީގެ ޓިކެޓް ލިބިފައިވާއިރު އެ ޕާޓީއަށް ނިސްބަތްވާ ތިން މެންބަރަކު މިހާރުވެސް ރައްޔިތުންގެ މަޖިލީހުގައި ތިބެއެވެ. އެއީ ޕާޓީގެ ރައީސް ނާޒިމާއި ނައިބުރައީސް ރިޔާޒުގެ އިތުރުން ނައިބު ރައީސް އުޝާމެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުހައި ހުންނެވި އިބްރާހިމް ރިޒާ މިދިޔަ މަހުގެ 23 ވަނަ ދުވަހު އަވަހާރަވުމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާގޮތުގައި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އޮންނާނީ އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް