މާލޭ މިސްކިތްތައް މަރާމާތުގެ ބޮޑެތި މަސައްކަތްތަކެއް ކުރިޔަށް ދިޔަޔަސް މުހިންމު ކަންކަން ރޯދަ މަސް ފެށެންވާއިރަށް ނިންމާލެވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިސްކިތްތަކުގެ މަރާމާތުގެ ތެރޭގައި ސިޓީ ކައުންސިލުން ދަނީ ޓައިލްސް ބަދަލު ކުރުމާއި ހަލާކުވެފައިވާ ފާރުތައް ތަޅައި އާބާތުރަ ފިލުވުން ހިމެނެ އެވެ. އަދި ވުލޫ ކުރާ ސަރަހައްދާއި ސީލީނގު ހަލާކުވެފައިވާ ތަންތަން ނައްޓައި އަލުން ހަދަމުން އެބަދެ އެވެ.
އެހެންވެ ގިނަ ބަޔަކު ދަނީ ރޯދައަށް އެ މަސައްކަތްތައް ނިމޭނެތޯ ސުވާލު ކުރަމުންނެވެ.
މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ މަސައްކަތްތައް ކުރިޔަށް ދަނީ ހުރިހާ މިސްކިތެއްގައިހެން އެއްކޮށް ކަމަށެވެ. މުއިއްޒު ވިދާޅުވީ މިސްކިތްތަކުގައި ކުރަމުންދާ އެންމެ މުހިންމު ކަންކަން ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި ނިމޭނެ ކަމަށް ވިދާޅުވި އެވެ.
މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކިތައް މިސްކިތުގައި ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
މާލޭގެ މިސްކިތްތަކުގެ ތެރެއިން އިސްލާމީ މަރުކަޒާއި ކިންގް ސަލްމާން މިސްކިތް ފިޔަވައި އެހެން މިސްކިތްތައް ބަލަހައްޓަނީ ސިޓީ ކައުންސިލުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް