ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެޗްޑީސީއާއި، ޖެންޑަރ މިނިސްޓްރީ އަދި ވިމެން އިން ޓެކް އެމްވީއާއި ގުޅިގެން ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފިއެވެ.
މި ހަރަކާތް ކުރިޔަށް ގެންދިޔައީ މިއަހަރުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވާ "ޑިޖިޓަލް – އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޮ ޖެންޑާ އީކުއާލިޓީ" ގުޅުވައިގެން ފަރުކޮޅުފުށީގައި އެވެ. މި ހަރަކާތުގައި ވަނީ ނެޓްވޯކިންގެ ގިނަ ހަރަކާތްތަކާއި ޕެނަލް ޑިސްކަޝަނެއް ކުރިޔަށް ގެންގޮސްފައި އެވެ.
މިއީ ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިވާ އަދި މި ދާއިރާއިން ކުރިޔަށްދާން ބޭނުންވާ ފަރާތްތަކަށް މަގުފަހިވެގެންދިޔަ ރަނުގެ ފުރުސަތެއް ކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ. ކޮންމެ އަހަރަކުވެސް ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްއުޅުމަކީ އެޗްޑީސީން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ.
ޓެކްނޮލޮޖީ ދާއިރާއާއި އަދި މި ނޫންވެސް އެކި ދާއިރާތަކުގައި މަސައްކަތްކުރަމުން އަންނަ އަންހެނުންނަށް ވީހާވެސް ގިނަ ފުރުސަތުތައް އިތުރުކޮށްދީ، މުވައްޒަފުންނަށް އަމާޒުކޮށްގެން މިފަދަ ގިނަ ހަރަކާތްތައް ކުރިޔަށް ގެންދެވުމަކީ އެ ކުންފުނީގެ އަމާޒެެއް ކަމަށް ބުންޏެވެ.
އެޗްޑީސީން ބުނީ އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ޓެކްނޮލޮޖީގެ ދާއިރާއިން އަންހެނުން އަހުލުވެރިކުރުވައި ކުރިއެރުމުގެ ގިނަ ފުރުސަތުތައް ފަހިކޮށްދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް