އިދިކޮޅު ޕީޕީއެމްގެ ވެލިދޫ ދާއިރާގެ ރައީސް މުހައްމަދު މާލިކް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ނއަށް ސޮއިކޮށްފި އެވެ.
މިކަން ހާމަ ކުރީ އެމްޑީއޭއިން ނެވެ.
އެ ޕާޓީން ބުނީ އޭނާ ޕާޓީއަށް ސޮއި ކުރެއްވީ އިއްޔެ ކަމަށެވެ. ސޮއި ކުރި ފޯމު ހަވާލުކޮށްފައިވަނީ އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް އާއި އެވެ.
އެމްޑީއޭއިން ބުނީ ވެލިދޫ ދާއިރާގެ ރައީސް ޕާޓީ އާއި ގުޅިގެން ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް އެ ދާއިރާގައި މުހިންމު މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
އެމްޑީއޭއިން ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ވެރިކަން ކުރާ މައި ޕާޓީ އާއި އެކު ކޯލިޝަން ހަދާފައި އެވެ. އެ ޕާޓީން ބުނީ ގައުމު ކުރިޔަށް ގެންދިއުމުގެ އެންމެ ރަނގަޅު ވިސްނުމެއް ގެންގުޅުއްވަނީ ރައީސް ސޯލިހު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް