އީރާނުގެ ފިރިހެން ފާމަސިސްޓުން ބުރުގާ އަޅަނީ !

އީރާނުގެ ސަރުކާރަށް ޖެއްސުމަށް އެ ގައުމުގެ ފިރިހެން ފާމަސިސްޓުންތަކެއް ބުރުގާ އަޅައިފިއެވެ. ސޯޝަލް މީޑިއާގައި މިފަދަ ގިނަ މަންޒަރުތަކެއް ދައުރުވަމުން އަންނައިރު ފިރިހެން ފާމަސިސްޓުން ކަޅު ބުރުގާ އަޅާފ...

08 Mar 2023 | 02:14

އީރާނުގެ ސަރުކާރަށް ޖެއްސުމަށް އެ ގައުމުގެ ފިރިހެން ފާމަސިސްޓުންތަކެއް ބުރުގާ އަޅައިފިއެވެ.

ސޯޝަލް މީޑިއާގައި މިފަދަ ގިނަ މަންޒަރުތަކެއް ދައުރުވަމުން އަންނައިރު ފިރިހެން ފާމަސިސްޓުން ކަޅު ބުރުގާ އަޅާފައިވަނީ ފާމަސީތަކުގައި މަސައްކަތްކުރާ އަންހެނުންނަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން އެންގި ހަރުކަށި އެންގުމަކާއި ދެކޮޅަށް އަޑު އުފުލުމުގެ ގޮތުންނާއި އަންހެން ފާމަސިސްޓުންނަށް ހިތްވަރު ދިނުމުގައި ފިރިހެން ފާމަސިސްޓުން ދެމި ތިބޭނެކަން އެންގުމުގެ ގޮތުންނެވެ. އަދި ސަރުކާރުގެ އެ ނިންމުމާއި ދެކޮޅަށް އަޑު އުފުލުމުގެ ގޮތުންނެވެ.

އިއްޔެ އެ ގައުމުގެ ފުޑް އެންޑް ޑްރަގް އޮގަނައިޒޭޝަނުން ފާމަސީތަކަށް އަންގާފައިވަނީ ފާމަސީތަކުގައި މަސައްކަތްކުރާ އަންހެނުން އަޅަންވާނީ ކަޅު ބުރުގާ ކަމަށެވެ.

މިކަމާއި ދެކޮޅަށް ފިރިހެން ފާމަސިސްޓުން ރަމްޒީގޮތެއްގައި އިހްތިޖާޖު ކުރަމުން އަންނައިރު މިފަދަ ބައެއް ހަރުކަށި އެންގުންތަކާއި ނިންމުންތަކާއި ދެކޮޅަށް އީރާނުގައި މިހާރުވެސް ސަރުކާރާއި ދެކޮޅު މުޒާހަރާތަކެއް އެބަ ކުރިއަށްގެންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް