މާލޭ ރައްޔިތުންނަސް ހުޅުމާލެ އައި ގުޅީފަޅު އަދި މާލެ ސަރަހައްދުގެ ފަޅުތައް ހިއްކައިގެން ގޯތި ވިއްކާ ވާހަކަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ނުވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން މިހެން ބުނީ މާލޭ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ދޫކުރުމާއި ގުޅޭގޮތުން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރައީސް ސޯލިހަސް ފޮނުއްވި ސިޓީގެ ޖަވާބުގައި އެވެ. މި ސިޓީގައި ޑރ. މުއިއްޒު އެދިވަޑައިގެންފަ ވަނީ ހުޅުމާލެއިން ހިލޭ މާލޭ މީހުންނަށް ގޯތި ދޫކޮށްދިނުމަށެވެ.
ސިޓީގެ ޖަވާބުގައި ބުނެފައިވަނީ2022 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ކަނޑައަޅާފައިވާ ގޮތް ރައީސް އިއުލާނު ކުރެއްވި ކަމަށެވެ. އެ ބަޔާނުގައި ގޯތި ވިއްކުމާއި ގުޅޭގޮތުން އެއްވެސް ވާހަކައެއް ހިމެނިފައިނުވާނެ ކަމަށް ބުނެ އެވެ.
ސިޓީގެ ޖަވާބުގައި ބުނެފައިވަނީ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އެންމެ ބޭނުންޖެހިފައިވާ މާލޭ ރައްޔިތުންނަށް އިންވަކިކޮށް، ދައުރު ނިމުމުގެ ކުރިން ގޯތީގެ ފަތް ހަވާޅު ކުރައްވާނެ ކަން ކަމަށެވެ. އެ ދުވަހު ރައީސް އިއުލާނު ކުރެއްވީ ހުޅުމާލެއިން1،000 ގޯތި، ގުޅީފަޅުން2،000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައިގެން އެ ބިމުން ގޯތި ދޭ ވާހަކަ ކަމަށްވެސް ސިޓީގެ ޖަވާބުގައި ބުނެފައިވެ އެވެ.
އިތުރަށް ބުނެފައިވަނީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމާއި ގުޅޭގޮތުން ސިޓީ ކައުންސިލުން ހުށަހަޅާފައިވާ ކަންކަން ހައުސިން މިނިސްްޓްރީގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ.
ރިޔާސީ ބަޔާނުގައި ވީ ވައުދު ފުއްދުމަށް ހައުސިން މިނިސްޓްރީން މިހާރު ވަނީ ހުޅުމާލެއިން1،000 ގޯތި މާލޭ ރައްޔިތުންނަަށް ކަނޑައަޅައި ދިނުމަށް އެދި ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އަށް ސިޓީއެއް ފޮނުވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް