އޭސް ހާޑްވެއާ އަދި ކަލަރ ބޭން އިން ބޮޑެތި އިނާމް ތަކަކާ އެކު ރޯދަ ޕްރޮމޯޝަން ފަށައިފި

އޭސް ހާޑްވެއާ އަދި ކަލަރ ބޭން އިން ބޮޑެތި އިނާމް ތަކަކާ އެކު ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ. އޭސް ހާޑްވެއާ އަދި  ކަލަރ ބޭންއިން ރޯދަ މަހާ ދިމާކޮށް ކުރި އަށް ގެންދާ ޕްރޮމޯޝަންގައި  300 އިން މަތިން ވިޔަފ...

08 Mar 2022 | 16:45

އޭސް ހާޑްވެއާ އަދި ކަލަރ ބޭން އިން ބޮޑެތި އިނާމް ތަކަކާ އެކު ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.

އޭސް ހާޑްވެއާ އަދި  ކަލަރ ބޭންއިން ރޯދަ މަހާ ދިމާކޮށް ކުރި އަށް ގެންދާ ޕްރޮމޯޝަންގައި  300 އިން މަތިން ވިޔަފާރިކޮށްގެން  ބޮޑެތި އިނާމްތަކެއް ލިބުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެގޮތުން، ނަސީބުވެރި ފަރާތަކަށް 50000ރ ގެ ފައިސާގެ އިނާމް ،100000ރ ގެ މުދާ ނުވަތަ ތުރުކީ ދެކޮޅު ޓިކެޓް، 7ދުވަހުގެ ހުރުމާއެކު 2މީހަކަށް ލިބުމުގެ ފުރުސަތު ހިމެނެއެވެ.  ނަސީބު ވެރި ފަރާތަށް މި 3 އިނާމުން ބޭނުން 1 އިނާމެއް އިހުތިޔާރު  ކުރެވޭނެއެވެ .

މި ޕްރޮމޯޝަންގައި  ގޭތެރެއަށް  ބޭނުންވާ ގިނަ އަދަދެއްގެ މުދަލުން 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ. ރޯދަ  ޕްރޮމޯޝަންނާ  ގުޅިގެން ސޯޝަލް މީޑިއާގައި ވެސް އަގުހުރި އިނާމުތަކެއް ލިބޭ ހާއްސަ ކޮންޓެސްޓް ތަކެއް ކުރި އަށް ދެއެވެ. މިގޮތުން އޭސް ހާޑްވެއާގެ ފޭސްބުކް ޕޭޖް ގައި ހިންގާ ކޮންޓެސްޓްގެ ނަސީބުވެރި ފަރާތަކަށް  2މީހުންގެ ރިސޯޓް ދަތުރެއް  ލިބޭނެއެވެ. މީގެ އިތުރުން ކަލަރ ބޭނގެ ފޭސްބުކް ޕޭޖް ގައި ކުރިޔަށްދާ ކޮންޓެސްޓްގެ ނަސީބުވެރި ފަރާތަކަށް  10ލީޓަރުގެ ކުލަ އާއެކު ކޮނސަލްޓެނސީ ހިދުމަތް ހިލޭ ލިބެއެވެ.

މި ޕްރޮމޯޝަން ކުރިޔަށް ދާނީ އޭސް ހާޑްވެއާގެ 3 ފިހާރަ އަދި ކަލަރ ބޭންކްގެ މާލޭގައި ހުންނަ 2ފިހާރައިގެ  އިތުރުން ހުޅުމާލެ، ކަލަރ ބޭންކް

ހޯމްގައެވެ.

މި ޕްރޮމޯޝަން ކުރިއަށް  ދާނީ މާޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ .

އޭސް ހާޑްވެއާގެ ވިޔަފާރި ރާއްޖޭގައި  އިފްތިތާހު ކުރީ 15، ޑިސެމްބަރު 2011 ގަ އެވެ. މިއީ އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަނޭޝަނަލް އާއި ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޯލޯޑް މޯލްޑިވްސް ގުޅިގެން ފެށި ވިޔަފާރި  އެކެވެ. އޭސް ހާޑްވެއާގެ  ފިހާރައެއް ރާއްޖޭގައި  ފުރަތަމަ ފަހަރަށް ހުޅުވާފައިވަނީ 20، ޑިސެމްބަރު 2011 ވަނަ އަހަރު  އެވެ. މި ފިހާރައަކީ  ދެކުނު އޭޝިއާގައި އެ ކުންފުނިން ހުޅުވި ފުރަތަމަ ފިހާރަ  އެވެ. އަދި އޭގެ ދެ އަހަރު ފަހުން 19، ޑިސެމްބަރު 2013 ގައި އޭސް ހާޑްވެއާގެ ދެވަނަ ފިހާރައެއް  ހެންވޭރުގައި ހުޅުވި އެވެ .

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް