ފޮރިން މިނިސްޓްރީގައި "ފެމިލީ ރޫމް" އެއް ޤާއިމްކޮށްފި

ފޮރިން މިނިސްޓްރީގައި "ފެމިލީ ރޫމް" އެއް ޤާއިމްކޮށް މިއަދު އެތަން ހުޅުވައިފިއެވެ. "ފެމިލީ ރޫމް" ހުޅުއްވައިދެއްވީ އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓާ އޮފް ފޮރިން އެފެއާޒް އަދި އދ.ގެ އާންމ...

08 Mar 2022 | 14:54

ފޮރިން މިނިސްޓްރީގައި "ފެމިލީ ރޫމް" އެއް ޤާއިމްކޮށް މިއަދު އެތަން ހުޅުވައިފިއެވެ.

"ފެމިލީ ރޫމް" ހުޅުއްވައިދެއްވީ އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓާ އޮފް ފޮރިން އެފެއާޒް އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެވެ.

"ފެމިލީ ރޫމް" ހުޅުވައި ދެއްވާ މިނިސްޓަރު ޝާހިދު ވިދާޅުވީ، އެ މިނިސްޓްރީގައި ފެމިލީ ރޫމެއް ގާއިމުކުރުމަށް ނިންމެވީ މިނިސްޓްރީގެ މުވައްޒަފުން އެކަމަށް އެދުމުން ކަމަށެވެ.

ޝާހިދު ވިދާޅުވީ މުވައްޒަފުން މަސައްކަތުގައި ގިނަ ވަގުތުތަކެއް ހޭދަކުރާއިރު، ކުދިންނަށް ވަގުތު ދިނުމުގައި މިނިސްޓްރީގެ މުވައްޒަފުންނަށް ދިމާވާ އުނދަގޫތައް ފެމިލީ ރޫމްގެ ސަބަބުން ވީހާވެސް ކުޑަކުރެވިގެން ދާނެ ކަމަށެވެ.

މީގެ އިތުރުން ކުދިންނަށް އިތުރު ވަގުތު ދިނުމަށް ފަސޭހަ ވެގެންދާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފެމެލީ ރޫމް ޤާއިމު ކުރުމުގެ ސަބަބުން ރަސްމީ ގަޑީގެ އިތުރުން މަސައްކަތްކުރަން ޖެހޭ އެހެން ވަގުތުތަކުގައި މުވައްޒަފުންނަށް އެ މީހުންގެ ކުދިން ގޮވައިގެން އައިސް މަސައްކަތްކުރާނެ ފުރުސަތު ފަހިވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް