ތިނަދޫން މީހުން ބޭލި މައްސަލައިގެ އަޑު އެހުން މި މަހު 19ގައި

1962 ވަނަ އަހަރު ގދ.ތިނަދޫން މީހުން ބޭލި ހާދިސާގައި އެރަށުގެ ރައްޔިތުންނަށް ލާއިންސާނީ އަނިޔާދީ، އެމީހުންގެ އެތަކެއް ހައްޤުތަކެއް ގެއްލުވާލިކަމަށްބުނެ އިންތިޤާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައިވާ މައ...

08 Mar 2022 | 14:53

1962 ވަނަ އަހަރު ގދ.ތިނަދޫން މީހުން ބޭލި ހާދިސާގައި އެރަށުގެ ރައްޔިތުންނަށް ލާއިންސާނީ އަނިޔާދީ، އެމީހުންގެ އެތަކެއް ހައްޤުތަކެއް ގެއްލުވާލިކަމަށްބުނެ އިންތިޤާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް މިމަހުގެ    19 ގައި ފެށުމަށް ހަމަޖައްސައިފިއެވެ.

1959 އިން  1966 އަށް ރާއްޖޭގެ ދެކުނުގެ ހަތަރު އަަތޮޅުގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ތިނަދޫ ރައްޔިތުން ރަށުން ބާލާ ދައުލަތުގެ ފަރާތުން ލާއިންސާނީ އަނިޔާދީ، އެތަކެއް އަސާސީ ހައްގުތަކެއް ގެއްލިފައިވާކަމަށް ބުނެ މި މައްސަލަ އިންތިޤާލީ އިންސާފްގެ އޮފީހަށް ހުށައަޅާފައި ވަނީ ތިނަދޫ ކައުންސިލާއި އެ ހާދިސާގައި ހައްގުތަކެއް ގެއްލިފައިވާކަމަށް ތުހުމަތުކުރާ ބައެއް ފަރާތްތަކުންނެވެ.

އެގޮތުން މި މައްސަލައިގެ އަޑުއެހުންތައް މާލޭގެ އިތުރުން ތިނަދޫގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ހާމަކޮށްފައި ވެއެވެ.

އެގޮތުން  އެއޮފީހުން ވިދާޅުވީ، މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތިނަދޫގައި މިމަހުގެ 19 އިން 22 އަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މިމަހުގެ 27 ގައި އިތުރު އަޑުއެހުމެއް މާލޭގައިވެސް ބާއްވާނެކަމަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް