ނިވާކަން ކުޑަ ހެދުމުގައި ދާ މީހުންނަށް އުކުޅަހު ހެލްތު ސެންޓަރުން ހިދުމަތް ނުދޭން ނިންމައިފި

ނިވާކަން ކުޑަ ހެދުން އަޅައިގެން އއ. އުކުޅަހު ހެލްތް ސެންޓަރަށް ހިދުމަތް ހޯދަން  ދާ މީހުންނަށް ފަރުވާ ނުދޭން އެ ހެލްތު ސެންޓަރުން ނިންމައިފިއެވެ. އުކުޅަހު ސިއްހީ މަރުކަޒުން މިދިޔަ އާދީއްތަ ދުވަހު ނެރުނ...

08 Mar 2022 | 09:44

ނިވާކަން ކުޑަ ހެދުން އަޅައިގެން އއ. އުކުޅަހު ހެލްތް ސެންޓަރަށް ހިދުމަތް ހޯދަން  ދާ މީހުންނަށް ފަރުވާ ނުދޭން އެ ހެލްތު ސެންޓަރުން ނިންމައިފިއެވެ.

އުކުޅަހު ސިއްހީ މަރުކަޒުން މިދިޔަ އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އެ މަރުކަޒަށް އެކިއެކި ހިދުމަތްތައް ހޯދަންދާ ފަތުރުވެރިން ވަރަށް ނިވާކަން ކުޑަ ހެދުން އަޅައިގެންދާ ކަމަށެވެ.

އެއީ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން ހެދުން އެޅުމަށް ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ މިންގަނޑާ ހިލާފު ކަމެއް ކަމަށެވެ.

އުކުޅަހު ހެލްތް ސެންޓަރުގެ ބަޔާނުގައި ބުނީ އެ މަރުކަޒުން ދެން ހިދުމަތް ފޯރުކޮށްދެވޭނީ ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ހެދުން އެޅުމުގެ މިންގަނޑާ އެއްގޮތަށް ހެދުން އަޅައިގެންދާ ފަރުތުވެރިންނަށް ކަމަށެވެ.

މީގެ އިތުރުން އެ މަރުކަޒުން ބުނީ މި އެންގުމަކީ ހިދުމަތް ހޯދަން އަންނަ ދިވެހިންނަށްވެސް އަންގާފައިވާ އެންގުމެއް ކަމަށެވެ.

ހަށިގަނޑު ފެންނަ އަދި މާކުރު ހެދުމުގައި ހެލްތް ސެންޓަރަަށް ހިދުމަތް ހޯދަންދާ މީހުން، ހެދުން ބަދަލުކުރަން ދާން އެދޭނެ ކަމަށް އެ މަރުކަޒުން ބުނެފައި ވެއެވެ.  އަދި އެމީހުންނަށް ހިދުމަތް ދޭނީ އެކަށީގެންވާ ހެދުމެއް ލައިގެން ދިއުމުން ކަމަށް ހާމަކޮށްފައި ވެއެވެ.

އުކުޅަހަކީ ލޯކަލް ޓޫރިޒަމްގެ ވިޔަފާރީގައި ބާރު ދުވެލީގައި ކުރިއަރަމުން އަންނަ ރަށެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް