ގދ. އަތޮޅުގެ ސިއްހީ މަރުކަޒުތައް ހިމެނޭހެން ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އަށް ނަރުހުންނާއި ސީނިއަރ މެޑިކަލް އޮފިސަރުން ހޯދަން އިއުލާނުކޮށްފިއެވެ.
ޑރ. އަބްދުއްސަމަދު ހޮސްޕިޓަލުން މިއަދު އާންމު ކުރި އިއުލާނެއްގައި ވަނީ އެ ހޮސްޕިޓަލާއި އަތޮޅުގެ ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރާނެ ނަރުހުން ހިމެނޭހެން 29 ދާއިމީ ނަރުހުން ހޯދަން ބޭނުންވާކަން އިއުލާނުކޮށްފައެވެ.
އެގޮތުން އެ އިއުލާނުގައި ބުނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް 08 ނަރުހުން ބޭނުންވާކަމަށާއި، މަޑަވެލީ ސިއްހީ މަރުކަޒަށް ދެ ނަރުހުން ހޯދަން އިއުލާނުކޮށްފައިވާއިރު ހޯޑެއްދޫ ސިއްހީ މަރުކަޒަށް ތިން ނަރުހުން ހޯދަން އިއުލާނުކޮށްފައި ވެއެވެ.
ފަރެސް މާތޮޑާ ސިއްހީ މަރުކަޒަށާއި ނަޑެއްލާ ސިއްހީ މަރުކަޒަށް ތިން ނަރުހުން ހޯދަން އިއުލާނުކޮށްފައިވާއިރު ރަތަފަންދޫ ސިއްހީ މަރުކަޒަށް ދެ ނަރުހުން ހޯދަން އިއުލާނުކޮށްފައި ވެއެވެ.
ގައްދޫ ސިއްހީ މަރުކަޒަށް ހަ ނަރުހުން، ފިޔޯރީ ސިއްހީ މަރުކަޒަށް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރާނެ އެކަކު އަދި ވާދޫ ސިއްހީ މަރުކަޒަށް ވެސް ނަރުހުންގެ ގޮތުގައި މަސައްކަތް ކުރާނެ އެކަކު ބޭނުންްވާކަމަށް އިއުލާނުކޮށްފައި ވެއެވެ.
މީގެ އިތުރުން ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ދެ މެޑިކަލް އޮފިސަރުނާއި މަޑަވެލި ޞިއްޙީ މަރުކަޒަށާއި ހޯޑެއްދޫ އަދި ވާދޫ ސިއްހީ މަރުކަޒަށް މެޑިކަލް އޮފިސަރުން ގޮތުގައި ކޮންމެ ހެލްތު ސެންޓަރެއްގައި ވެސް ހަރަކާތްތެރިވާނެ ފަރާތެއް ހޯދަން އިއުލާނުކޮށްފައި ވެއެވެ.
ނަރުހުންގެ މުސާރައިގެ ގޮތުގައި ނުވަ ހާސް ރުފިޔާ އާއި ދިހަ ހާސް ރުފިޔާ އާއި ދެމެދު ކަނޑައެޅިފައިވާއިރު މަސައްކަތަށް ނިކުންނަ ކޮންމެދުވަހަކަށް -/188 ރުފިޔާ ކަނޑައެޅިފައި ވެއެވެ.
މީގެ އިތުރުން އެހެނިހެން އެލަވަންސްެގެ ގޮތުގައި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަނާއި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް ހިމެނެއެވެ.
މެޑިކަލް އޮފިސަރުންގެ މުސާރައިގެ ގޮތުގައި، ނަވާރަ ހާސް ރުފިޔާ އާއި ފަނަރަ ހާސް ރުފިޔާ އާއިި ދެމެދު ކަނޑައެޅިފައި ވާއިރު މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/188 ރުފިޔާ އެހެނިހެން އެލަވަންސްގެ ގޮތުގައި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަނާއި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް ހިމެނެއެވެ.
މީގެ އިތުރުން އިއުލާނުގައި ވަނީ ނަރުހުންނާއި މެޑިކަލް އޮފިސަރުންގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ފެންވަރު ނުވަތަ ޝަރުތު ހާމަކޮށްފައެވެ.
މެޑިކަލް އޮފިސަރުންނާއި ނަރުހުން ހޯދަން ޑރ. އަބދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ކުރި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6841970 އަށް ކަމަށް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
އެ ހޮސްޕިޓަލުން އިއުލާނުކޮށްފައިވާ މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 މާރޗް 2022 ގެ 13:30 ގެ ކުރިން، ޑރ. ޢަބްއުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]
މެދުވެރިކޮށްވެސް ބަލައިގަނެވޭނެކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް