ޓެކްސީއަކަށް އެރި އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޑްރައިވަރުގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.
މި ހާދިސާ ހިނގި ކަމަށްވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ އެވެ. އެ މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ކުރީ އެރޭ12:15 ހާއިރު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ތިން ދުވަހުގެ މުއްދަތަށް ބަންދުކޮށްގެން ތަހުގީގު ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. މި މައްސަލައިގަ ހައްޔަރު ކުރީ41 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން20 އަހަރުގެ އެ އަންހެން މީހާ އެރޭ ޓެކްސީއަށް އެރީ މާފަންނުން ހެންވޭރަށް ދާށެވެ. އެކަމަކު ޑްރައިވރު ވަނީ ކާރުގެ ދޮރުތައް ތަޅުލުމަށް ފަހު ގަދަކަމުން އަންހެން މީހާ ހުޅުމާލޭ ދެ ވަނަ ފިޔަވައްސަން ގެންގޮސްފަ އެވެ.
ޖިންސީ ގޯނާ ކުރީ އަތިރިމައްޗަށް ގެންގޮސްގެން ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް