އަންނަ މަހުން ފެށިގެން ހިޔާ ފުލެޓު ތަކުން ކުލިނަގަން ފަށާނެ ކަމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ) އިން ބުނެފި އެވެ.
މީގެ ކުރިން ހިޔާ ފުލެޓުން ކުލި ނަގަން ނިންމާފައި އޮތީ މި އަހަރުގެ ޖެނުއަރީ މަހުގައެވެ. ނަމަވެސް ފުލެޓްތަކުގައި ދިރިއުޅުއްވާ ފަރާތްތަކުގެ ކަންބޮޑުވުންތަކެއް ހުރުމާ އެކު ކުލި ނަގާ ތާރީހު ވަނީ އޭޕްރިލް މަހަށް ފަސްކުރެވިފައެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މީޑިއާގައި ވިދާޅުވީ، އަންނަ އޭޕްރީލް މަހުން ފެށިގެން ކުލި ނެގުމަށް ހަމަޖެހިފައި ވާކަމަށެވެ. މީގެ އިތުރުން ރޯދަ މަހާއި ކުލި ނެގުމާއި ދިމާވުމުން އެކަމަށް ރައްޔިތުންނަށް ލުއެއް ހޯދައި ދިނުމަށް ސާވޭއެއް ކުރިއަށް ގެންދަވާ ކަމަށް ވެސް ސުހައިލް ވިދާޅުވެފައިވެ އެވެ.
ހިޔާ ފްލެޓުތަކުގެ ކުލި ކުރިން ނަގަން ފަށާގޮތަށް ހަމަޖައްސާފައި އޮތީ މިދިޔަ ޖެނުއަރީ މަހުން ފެށިގެންނެވެ. އެކަމަކު ފްލެޓުތަކުގެ ވެރިންގެ ޝަކުވާ އާއި ގިނަ ބަޔަކަށް އެޕާޓްމެންޓުތައް ނުހެދި ހުރުމުން ކުލިނެގުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަސްކޮށްދެއްވީ އެވެ.
ހިޔާ ފްލެޓުތަކަށް ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 7،500 ރުފިޔާ، މެއިންޓެނެންސް އަށް1،000 ރުފިޔާ އާއެކު ޖުމްލަ 8،500 ރުފިޔާ ދައްކަން ޖެހޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް