ޓެކްސީ ޑްރައިވަރުންނަކީ އަބުރުވެރި މަސައްކަތެއް ކުރާ ބައެއް ކަމަށާއި އެމީހުންގެ އިހުސާސްތަކުގެ އަޑު އަހަންޖެހޭ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭ ވަރަށް ބޮޑުވެއްޖެ ކަމަށެވެ. އޭނާގެ ޓުވީޓުގައި ވަނީ މާލެ ބޮޑުވީ ހުޅުމާލެ އާއި ހުޅުލެ އަދި ހުޅުމާލޭ ދެވަނަ ފިޔަވަހި ގުޅިފައި އޮންނާތީކަން ފާހަގަ ކުރައްވާފަ އެވެ.
އަލީ ވިދާޅުވީ ޓެކްސީ ޑްރައިވަރުންނަކީ ނުހަނުބުރަ އެހާމެ ބޭނުންތެރި އަބުރުވެރި މަސައްކަތެއްކުރާ ބައެއް ކަމަށެވެ. އަދި އެއީ ޢާއިލާތައް ބަލަހައްޓަމުން ދުވާލު ހަތަރުދަމު މަސައްކަތްކުރާ ބައެއް ކަމަށް އަލީ ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ އެމީހުންގެ އިހުސާސްތަކުގެ އަޑު އަހަންޖެހޭ ކަމަށެވެ.
https://twitter.com/ali20waheed/status/1500909801068539904
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް