ދެމެހެއްޓެނިވި މާދަމާއެއް ބިނާކުރަން އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ހިއްސާ އޮންނަން ޖެހޭ: ޖެންޑާރ މިނިސްޓާރ

ދެމެހެއްޓެނިވި މާދަމާއެއް ނުވަތަ މުސްތަޤްބަލެއް ބިނާކުރަން އަޅުގަނޑުމެން މަސައްކަތްކުރާއިރު، އެ މަސައްކަތްތަކުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ހިއްސާ އޮންނަން ޖެހޭކަމަށް ޖެންޑާރ މިނިސްޓަރ އާއ...

08 Mar 2022 | 06:10

ދެމެހެއްޓެނިވި މާދަމާއެއް ނުވަތަ މުސްތަޤްބަލެއް ބިނާކުރަން އަޅުގަނޑުމެން މަސައްކަތްކުރާއިރު، އެ މަސައްކަތްތަކުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ހިއްސާ އޮންނަން ޖެހޭކަމަށް ޖެންޑާރ މިނިސްޓަރ އާއިޝަތު މުހަންމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންމިދާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ހާއްސަ ހިތާބު ގައެވެ.

އަންހެނުންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން މިނިސްޓަރ ވިދާޅުވީ މިއަދު ފާހަގަ ކުރެވެމުން މިދާ ދުވަހުގެ މަޤްސަދަކީ، އަންހެނުންނަށް ލިބިފައިވާ ހައްޤުތައް ކަށަވަރުކުރުމަށާއި އަންހެނުންގެ ޙާލަތު ރަނގަޅު ކުރުމަށް އެކި ދާއިރާތަކުން ހޯދާފައިވާ ކާމިޔާބީތައް   ފާހަގަކޮށް ،ދިވެހިރާއްޖޭގައި  އަންހެނުން  ބާރުވެރި  ކުރުމަށާއި  މިންތީގެ  ހަމަހަމަކަން  ޤާއިމުކުރުމަށް  އެކި   ފަރާތްތަކުން  ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެ މަސައްކަތްތައް އިތުރަށް ރަނގަޅުކުރުމަށް އަޑުތައް އިއްވައިދިނުމަށް ލިބިގެންދާ އިތުރު ފުރުސަތެއްކަމަށެވެ.

މިއަހަރުގެ އަންހެނުންގެ ދުވަހު ޔޫ.އެން.ވިމެން އިންވަނީ މިންތީގެ ތަފާތުކުރުންތަށް ނައްތާލުމުގެ ބޭނުމުގަ ދެމެހެއްޓެނިވި މާދަމާއަކަށް، މިންތީގެ ހަމަހަމަކަން މިއަދު ގެ ނަމުގައި ހާއްސަ ޝިއާރެއް ކަނޑައަޅުއްވާފައެވެ.

މިނިސްޓަރގެ ހިތާބުގައި އަންހެނުން އަދާކުރަމުންދާ ދައުރާއި، އަންހެނުންގެ ތަޖުރިބާރަތައް ދެނެގަނެ، ފާހަގަކުރުމަކީ މުހިންމުކަން ވަނީ ފާހަގަކުރަށްވާފައެވެ. އެގޮތުން ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުންކަމުން މުޖުތަމަޢެއްގެ ވިސްނުމާއި، ޚިޔާލުތަކާއި، ހައްލުތަކާއި، ތަޖުރިބާތަކުގެ ދެބައިކުޅަ

އެއްބައި ހިއްސާކުރާ ފަރާތަކީ އެ ފަރާތްތައްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން  ދެމެހެއްޓެނިވި މާދަމާއެއް ނުވަތަ މުސްތަޤްބަލެއް ބިނާކުރަން މަސައްކަތްކުރާއިރު، އެ މަސައްކަތްތަކުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ހިއްސާ އޮންނަން ޖެހޭ ކަމަށް މިނިސްޓަރގެ ހިތާބުގައި ވިދާޅުވިއެވެ.

ކޮވިޑް19 ލޮކްޑައުންއަށް ފަހު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު

އިތުރުވެގެންދިޔައިރު، މިނިސްޓްރީއަށް ހުށަހެޅިފައިވާ ގިނަ މައްސަލަތަކަކީ އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތައްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ 2016 ވަނަ އަހަރު ތަސްދީޤުކުރެވުނު ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން 2019 ވަނަ އަހަރު އެކުލަވާލެވުނު ނެޝަނަލް ޕޮލިސީ އޮންޖެންޑަރ ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި ޤައުމީ ފެންވަރުގައި މަސައްކަތްކުރާނެ އެކްޝަން ޕްލޭންއެއް ވަނީ ފާސްކުރެވި އަންހެނުންގެ ބައިވެރި ވުން އިތުރުކުރަމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ޔޫ.އެން.ޑީ.ޕީ އަދި އޮސްޓްރޭލިއާގެ ސަރުކާރުގެ ދީލަތި އެހީތެރިކަމާއި ފަންނީ ލަފާއާއެކު، 2021 ވަނަ އަހަރު އެކުލަވާލެވުނު ޖެންޑަރ އީކުއަލިޓީ

އެކްޝަން   ޕްލޭން،   މިދިޔަ   ފެބުރުވަރީ   މަހުގެ  22ގައި   ވަޒީރުންގެ   މަޖިލީހުން   ފާސްކުރެވިގެންދިޔުމަކީ   ދިވެހިރާއްޖޭގައި   މިންތީގެ   ހަމަހަމަކަން ގާއިމުކުރުމަށް އެޅުނު އިތުރު ފިޔަވަޅެއްކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ހަމަ އެއާއެކު މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށް ކުރެވެމުންދާ މަސައްކަތް ފާހަގަ ކުރަށްވާ މިނިސްޓަރ އިތުރަށް ވިދާޅުވީ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައި ހަލުވިކޮށް ތަންފީޒުކުރުމަށްޓަކައި، ސިޓީ އަދި ރަށު ކައުންސިލުތަކާއި

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު ވަރަށްވެސް މުހިންމަށެވެ. އަދި ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ %39 ގޮނޑި އަންހެނުން ކާމިޔާބުކުރުމީ އަންހެނުން ބައިވެރިކުރުވުމަށް ކުރެވުނު މަސައްކަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހަމަ އެއާއެކު، ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން، ކައުންސިލުތަކަށް ޒިންމާތައް ހަވާލުކުރުމަށް 2021 ޑިސެންބަރުގައި ޤަވާއިދެއް ގެޒެޓުކުރެވި، މި އަހަރުގެ ޖޫން މަހުން ފެށިގެން ޢަމަލުކުރަންފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.  އަދި މި މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ރޭވުމަށްޓަކައި ކޮންމެ އަތޮޅެއްގައި ހުންނަ

މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ ތަކުގެ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންއަށް އަހުލުވެރިކުރުމަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދެވި މާރޗު މަހުގެ ތެރޭގައި، އަތޮޅު ފެންވަރުގައި، ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެން އަމަލީ ސިފައެއްގައި އެކްޝަން ޕްލޭން ތަންފީޒުކުރުމަށްޓަކައި ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވޭނެކަމަށް މިނިސްޓަރގެ ހިތާބުގައި ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް