ލ.ގަމު މުކުރިމަގު ސްކޫލުގައި ދެ ކްލާސްރޫމް ހަދަން ޖަޕާނު ސަރުކާރުން 1.2 މިލިޔަން ރުފިޔާ ހަދިޔާކޮށްފިއެވެ.
ޖަޕާނު ސަރުކާރުން ވެދެއްވި އެހީގެ އެއްބަސްވުމުގައި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓަކުޗީ މިޑޯރީ އެވެ. މުކުރިމަގު ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ ޕްރިންސިޕަލް އަބްދުﷲ ޝަރީފެވެ.
މިއީ ހިލޭ އެހީގެ ގޮތުގައި އެ ގައުމުގެ "ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް" (ޖީޖީޕީ) ގެ ދަށުން ހަދިޔާކުރި ފައިސާއެވެ. މި އެއްބަސްވުމުގެ ދަށުން މުކުރިމަގު ސްކޫލުގައި އެލްކޭޖީ އާއި ޔޫކޭޖީއަށް ޚާއްސަ ދެ ކްލާސްރޫމް ޢިމާރާތް ކުރާނެއެވެ. އަދި ގުދުރަތީ ކާރިޘާތަކުގައި އިވެކުއޭޝަން ޝެލްޓަރެއް ހަދަންވެސް އެއެހީ ބޭނުން ކުރެވޭނެކަމަށް ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީން ވިދާޅުވެއެވެ.
https://twitter.com/MoEdumv/status/1500755742567321602
މިއެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ރަޝީދު ވާހަކައިގައި ޖަޕާނު ސަރުކާރުން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކުރައްވާފައެވެ. ވަކިން ހާއްސަކޮށް އަތޮޅުތަކުގެ ސްކޫލްތައް ޢިމާރާތްކުރުމަށާއި ތަރައްޤީކުރުމަށް ޖަޕާނު ސަރުކާރުން އެހީތެރިވެދީފައިވާކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓަކުޗީ މިޑޯރީ ވިދާޅުވީ ޖަޕާނުން ފޯރުކޮށްދިން އެހީގައި ދަރިވަރުންނަށް ކިޔަވައިދިނުމަށްޓަކައި އެންމެ އެކަށީގެންވާ ކްލާސްރޫމްތައް އެޅިގެންދާނެކަމަށެވެ. އަދި މުދައްރިސުންނަށްވެސް ފިލާވަޅުތައް އުނގަންނައިދިނުމުގައި ފަސޭހަވެގެންދާނެކަނަށް އޭނާ ފަހަގަކުރެއެވެ.އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް