އިންވެސްޓަރުންނަށް ހުރަސް އަޅަނީ ސިޔާސީ ބޭނުމެއްގައި: އެމްއެންސީސީއައި އަދި މަސީ

ރާއްޖޭގައި އިންވެސްޓްކުރަން އަންނަ ބޭރުގެ ފަރާތްތަކަށް ހުރަސް އަޅަން މަސައްކަތް ކުރަނީ ސިޔާސީ ބޭނުމެއްގައި އިގްތިސާދަށް ގެއްލުން ދިނުމަށް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓ...

08 Mar 2017 | 15:29

ރާއްޖޭގައި އިންވެސްޓްކުރަން އަންނަ ބޭރުގެ ފަރާތްތަކަށް ހުރަސް އަޅަން މަސައްކަތް ކުރަނީ ސިޔާސީ ބޭނުމެއްގައި އިގްތިސާދަށް ގެއްލުން ދިނުމަށް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އަދި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ (އެމްއެންސީސީއައި) އިން ބުނެފި އެވެ.

އެ ދެ ޖަމިއްޔާއިން މިހެން ބުނެފައި މިވަނީ ފ. އަތޮޅު ސައުދީ ރަސްގެފާނަށް މިލްކު ކޮށްދޭން ސަރުކާރުން އުޅޭކަމަށް ބުނެ އެކަމާ އިދިކޮޅު ފަރާތްތަކުން ނުރުހުން ފާޅު ކުރަމުންދާ ދުވަސްވަރެއްގައި އެވެ. އެ ދެ ޖަމިއްޔާއިން މިހެން ބުނެފައިވަނީ ވަކިވަކިން ނެރުނު ނޫސްބަޔާނެއްގައި އެވެ.

މަސީގެ ބަޔާނުގައި ބުނެފައިވަނީ ގަނޫނާއި ގަވައިދާ އެއްގޮތަށް ކުރިޔަށް ގެންދަން ރާވާފައި ހުރި އެއްވެސް މަޝްރޫއަކަށް ހުރަސް ނޭޅުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެފަދަ މަޝްރޫއެއް ހުއްޓިއްޖެ ނަމަ އޭގެ ނޭދެވޭ އަސަރު ކޮންސްޓްރަކްޝަން އިންޑަސްޓްރީއާއި، ރައްޔިތުންނާއި މުޅި ގައުމަށް ކުރާނެ ކަމަށާއި ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ހޯދެނީ ވަރަށް ގިނަ ބައެއްގެ  މަސައްކަތްތަކެއްގެ ސަބަބުން ކަމަށް ބަޔާނުގައި ވެ އެވެ.

އެމްއެންސީސީއައިގެ ބަޔާނުގައި ބުނެފައިވަނީ ފަތުރުވެރިކަމަށް ހުރަސް އަޅާނަމަ ދިވެހި ވިޔަފާރިތަކާއި އިގްތިސާދަށް އަދި އާންމު ރައްޔިތުންނަށް އިއާދަ ނުކުރެވޭނެ ފަދަ ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ. އެ ބާޔާނުގައިވަނީ އިންވެސްޓްމަންޓުތަކަށް ހުރަސް އެޅުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ދިކޮޅު ޕާޓީތަކުން ކުރަމުންދާ މަސައްކަތް ކުށްވެރިކޮށްފައި އެވެ.

އިދިކޮޅު ފަރާތްތަކުން ފ. އަތޮޅު ވިއްކާލަން އުޅޭކަމަށް ބުނެ އަޑު ފަތުރަމުން ދާއިރު ރައީސް ޔާމީން ވަނީ އެކަން ދޮގު ކުރައްވާފައި އެވެ. ރައީސް ވިދާޅުވީ ފ. އަތޮޅަށް ގެންނަން އުޅެނީ 10 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއުއެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް