ޑައިވިން ޖެކެޓަކާއި ފުޅިއެއް ފެނިއްޖެ، އަދި ފަތުރުވެރިޔާ ނުފެނޭ: އެމްއެންޑިއެފް

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ފަތުރުވެރިއަކު ގެއްލިގެން ހޯދަމުން އަންނައިރު އެ ފަތުރުވެރިޔާ ހޯދަމުންދާ ސަރަހައްދުން ޑައިވިން ޖެކެޓަކާއި ފުޅިއެއް ފެނިފައިވާކަމުގައި އެމްއެންޑީއެފުން ބުނެފި އެވެ. އެ...

08 Mar 2017 | 11:01

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ފަތުރުވެރިއަކު ގެއްލިގެން ހޯދަމުން އަންނައިރު އެ ފަތުރުވެރިޔާ ހޯދަމުންދާ ސަރަހައްދުން ޑައިވިން ޖެކެޓަކާއި ފުޅިއެއް ފެނިފައިވާކަމުގައި އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވަނީ މިކަން ދުވަހަށް ކަށަވަރު ކޮށްދީފަ އެވެ.

އާޒިމް ވިދާޅުވީ ޑައިވިން ކުރުމަށް ފޭބި ފަތުރުވެރިޔާ، ގެއްލިގެން ހޯދަމުންދާ ސަރަހައްދުން ޑައިވިން ޖެކެޓަކާއި، ޑައިވިން ފުޅިއެއް އޮޔާދަނިކޮށް ފެނިފައިވާކަމަށެވެ.

އެމްއެންޑީއެފުން އާދީއްތަ ދުވަހު ހާމަކޮށްފައިވާގޮތުގައި ހޯދަމުން އަންނަނީ ފުވައްމުލަކު ދެކުނުން ގާތްގަނޑަކަށް އެއްމޭލު ބޭރުގައި އޮންނަ ފުވައްމުލަކު ތިލަ ނަމަކަށްކިޔާ ޑައިވިންގ ޕޮއިންޓްގައި އޮތް ސަފާރީއަކުން ޑައިވްކުރުމަށް ފޭބި ފަތުރުވެރިއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް