މޮބައިލް ސްޓޭޝަންތަކުގައި ވޯޓުލާން ރެޖިސްޓްރީވުމުގެ ސުންގަޑި އަވަސް ކޮށްފި

އަންނަ މަހު 15 ގަ ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރަށްވެހިފައިވާ ރަށް ނޫން އެެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ގާއިމްކޮށްފައިވާ މޮބައިލް ސްޓޭޝަންތަކުން ފޯމް ބަލައިގެންނަ ގަ...

08 Mar 2017 | 08:17

އަންނަ މަހު 15 ގަ ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރަށްވެހިފައިވާ ރަށް ނޫން އެެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ގާއިމްކޮށްފައިވާ މޮބައިލް ސްޓޭޝަންތަކުން ފޯމް ބަލައިގެންނަ ގަޑިއަށް ބަދަލު ގެނެސްފި އެވެ.

އީސީން މިއަދު ބުނީ ކުރިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް އެ ސްޓޭޝަންތަކުން ފޯމް ބަލައިގެންނާނެ ކަމަށް ކަމަށެވެ. އެކަމަކު މިހާރު ގެނެވުނު ބަދަލާއި އެކު އެ ތަންތަނުން ފޯމް ބަލައިގެންނާނީ އެ ދުވަހުގެ މެންދުރު ފަހު 3:00 އަށް ކަމަށެވެ. އިންތިހާބާ ބެހޭ މައި މަރުކަޒުން ފޯމް ބަލަިގެންނަ އެންމެ ފަހު ވަގުތަކީވެސް އެއީ އެވެ.

ރީރެޖިސްޓްރީކުރުމަށް މޮބައިލް ސްޓޭޝަންތައް ގާއިމްކޮށްފައިވަނީ ހުޅުމާލޭ އަދި ވިލިމާލޭ ފެރީ ޓާމިނަލްގައި އެވެ.

ރީ ރަޖިސްޓަރީވުމަށް އެދޭ ފޯމާއެކު އެމީހެއްގެ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަން ޖެހެ އެވެ. ފޯމު ބަލައިގަންނާނީ އެފޯމު ހިފައިގެން އަންނަ މީހާ އެފޯމަށް ޒިންމާވާ ގޮތަށެވެ.

އީސީން ވަނީ ރީ ރެޖިސްޓްރީ ކުރުމުގެ ހަރަކާތްތަކެއް މިދިޔަ ދެ ހަފްތާ ބަންދުުގައި މާލޭގައި ހިންގާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް