މުޖުތަމައުއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެމުންދާ ކަނބަލުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ ރެހެންދި އެވޯޑް ހަތަރު ކަނބަލަކަށް ދީފިއެވެ.
މި އެވޯޑުތައް އެކަނބަލުންނާއި ހަވާލުކޮށްދެއްވީ މިއަދު ފާހަގަ ކުރަމުންދާ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީނެވެ. މިއަހަރު އެވޯޑު ދީފައިވަނީ ސިޔާސީ ދާއިރާ، އިޖުތިމާއީ ދާއިރާ، އިގްތިސާދީ ދާއިރާއިން ފާހަގަ ކޮށްލެވޭ ކަނބަލުންނަށެވެ.
ސިޔާސީ އަދި އާންމު ހިދުމަތުގެ ދާއިރާއިން އެވޯޑު ލިބުނީ ނ . ވެލިދޫ ދިއްގާމާގޭ، ނަޒީރާ އިބްރާހިމް މަނިކަށެވެ. އިގްތިސާދީ ދާއިރާއިން އެވޯޑު ލިބުނީ ހދ. ކުޅުދުއްފުށި އަމާޒް، އައިމިނަތު މަޖީދާ އަށެވެ. އިޖްތިމާއީ ދާއިރާއިން އެވޯޑު ލިބުނީ ކ. މާފުށީ، ޒީޝަން، ސާމިޔާ ޒަކަރިއްޔާ އަދި މ. ޖަވާހިރު ވާދީ، އިފްހާމް ހުސެއިން އަށެވެ.
ކަނބަލުންގެ އަގު ވަޒަންކުރުމުގެ ގޮތުން ރެހެންދި އެވޯޑު ދޭން ފެށީ 2014 ވަނަ އަހަރު އެވެ.
ރެހެންދި އެވޯޑު 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ދެ ފަރާތަކަށް ދީފައިވާއިރު މިދިޔަ އަހަރު ނުވަ ފަރާތަކަށް ވަނީ ދީފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް