ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަނދޮޅުދޫ އަހުމަދު ވަހީދު އަވަހާރަވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ވަހީދު އަވަހާރަވީ މާލޭގައި އަމިއްލަ ގޭގައި އުޅުއްވަނިކޮށް މިއަދު ހެނދުނު އެވެ.
ވަހީދަކީ ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓް، ކުރުނބާވިލެޖް ހެދުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ. މީގެ އިތުރުން ރ. އަތޮޅަށް ގިނަ ހިދުމަތްތަކެއް އޭނާ ވަނީ ކޮށްދެއްވާފައި އެވެ.
އަވަހާރަވި އިރު ރ. ދުވާފަރުގައި ފަތާ ފެންގަނޑަކާއި، ކުޑަކުދިން ކުޅޭ ޕާކެއް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ވަހީީދު އަކީ ރ. އަތޮޅުގައި އޮންނަ އިފުރު ޑޮމެސްޓިކް އެއާޕޯޓު ހިންގާ އިފުރު އިންވެސްޓްމަންޓްގެ އެއްް ޑިރެކްޓަރެވެ. އަދި ރ. އަތޮޅުގައި އޭނާގެ ރިސޯޓެއް ހިންގަ އެވެ.
ވަހީދު އަވަހާރަވި އިރު ދެ އަނބިކަނބަލުންނާއި ފަސް ބޭފުޅުންނާއި 10 ކާފަ ދަރިކަލުން ދުނިޔޭގައި އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް