މީހަކާ ނީނދެ ހުރެ ސަރޮގޭޓު ކޮށްގެން ދަރިން ހޯދުމުން ކަރަން ޖޯހަރަށް މަލާމަތްކޮށްފި

މިދިޔަ ހަފްތާގައި ބޮލީވުޑްގައި އެންމެ ހިނގާލި ހަބަރަކީ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރަށް ސަރޮގަސީގެ އެހީގައި އެއް މާބަނޑު ދެކުދިން ލިބުނު ވާހަކަ އެވެ. އެންމެން ދަނީ އޭނާއަށް ބައްޕަކަށް ވުމުން މަރު...

08 Mar 2017 | 05:24

މިދިޔަ ހަފްތާގައި ބޮލީވުޑްގައި އެންމެ ހިނގާލި ހަބަރަކީ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރަށް ސަރޮގަސީގެ އެހީގައި އެއް މާބަނޑު ދެކުދިން ލިބުނު ވާހަކަ އެވެ.

އެންމެން ދަނީ އޭނާއަށް ބައްޕަކަށް ވުމުން މަރުހަބާ ކިޔަމުންނެވެ. އާންމުކޮށް އިންޑިއާ ތަރިން ސަރޮގޭޓް ކޮށްގެން ކުދިން ހޯދަނީ މަޝްހޫރު އަނބިމީހާގެ ހަށިގަނޑަށް ބަލިވެ އިނުމުން އަންނާނެ ބަދަލުގެ ސަބަބުންނާއި ދިމާވާ ސިއްހީ މައްސަލަތަކުގެ ސަބަބުން ފަސޭހަ ކޮށްލުމުގެ ގޮތުންނެވެ.

ސަރޮގޭޓު ކުރުމަކީ އެހެން އަންހެނެއްގެ އެހީގައި ކުދިން ހޯދުމެވެ.

އެކަމަކު ކަރަން ޖޯހަރު އުޅެނީ މީހަކާ އިނދެގެންނެތް ނޫނެވެ. 44 އަހަރުގެ ޑައިރެކްޓަރު ދުވަހަކުވެސް އަދި މީހަކާ ނީނދެ އެވެ. އެހެންވެ މުމްބާއީގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ސަމާޖްވާދީ ޕާޓީގެ ލީޑަރު އަބޫ އަޒްމީ ވަނީ ކަރަން އަށް މަލާމަތްކޮށް ޖޯކު ޖަހާފައި އެވެ.

އަޒްމީ ބުނީ ކަރަން ސަރޮގަސީގެ އެހީގައި ކުދިން ހޯދުމުން އޭގެ މާނައަކީ އޭނާ ހުރީ އިންނާނެ މީހަކު ނުވެފައި ކަމަށެވެ. މީހަކާ އިނދެގެން ހުރެ ސަރޮގަސީ ހެދުމަކުން މައްސަލައެއް ނެތް ކަމަށާއި އެކަމަކު މީހަކާ ނީނދެ ހުރެ ސަރޮގަސީ ހެދުމުގެ ބޭނުމެއް ނުވަތަ މާނައެއް ނެތް ކަމަށެވެ.

އެއަށްވުރެ މަގުމަތީގައި ހާލުގައި ޖެހިގެން އުޅޭ ހަތަރު ވަރަކަށް ކުއްޖަކު ގެންގޮސްގެން ދަރިންނަށް ހަދައިގެން ބެލިއަސް މާރަނގަޅުވާނެ ކަމަށް އަޒްމީ ބުނެފައިވެފައިވެ އެވެ. އަދި ބުނީ ކަރަންގެ އެ އަމަލީ އަޅާލާނެ މީހަކު ނެތް ކުޑަ ކުދިންނަށް ކުރި މަލާމާތެއް ކަމަށެވެ.

މީގެ އިތުރުން އަޒްމީ ބުނީ ކޮންމެ މީހަކަށްވެސް ބައިވެރިއަކު ކަނޑައެޅިފައިވާއިރު އޭނާ ބައިވެރިއަކު ނުހޯދުމަކީ ނުވަތަ ނެތުމަކީ ކަރަންގެ ގައިގަ ހުންނަ ބައްޔެއްގެ ސަބަބުން ވެގެން އުޅޭ ކަމަށް ވެދާނެ ކަމަށެވެ.

އެވާހަކަތައްވެސް އެމީހަކާ ހިއްސާ ކުރެވިދާނެ ކަން ފާހަގަކޮށް އަޒްމީ ސަރޮގަސީގެ އެހީގައި ކުދިން ހޯދައިގެން ކަރަން ޖޯހަރު ބޮޑު ޑްރާމާއެއް ކުޅެފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް