ސީރިއާގައި އަސަދުގެ ސަރުކާރުން ރީތީގެ ރާނީ ހޮވަނީ

ހަނގުރާމައިގެ ސަބަބުން ބައިބައިވެ، ވީރާނާވަމުންދާ ސީރިއާގައި ރީތީގެ ރާނީ ހޮވުމަށް މުބާރާތެއް ކުރިޔަށް އެބަ ދެއެވެ. މި މުބާރާތާއި ގުޅޭ އަދި މުބާރާތުގައި ބައިވެރިވާ އަންހެނުންނާއި ގުޅޭ މާގިނަ މައުލޫމާތެ...

08 Mar 2017 | 05:15

ހަނގުރާމައިގެ ސަބަބުން ބައިބައިވެ، ވީރާނާވަމުންދާ ސީރިއާގައި ރީތީގެ ރާނީ ހޮވުމަށް މުބާރާތެއް ކުރިޔަށް އެބަ ދެއެވެ.

މި މުބާރާތާއި ގުޅޭ އަދި މުބާރާތުގައި ބައިވެރިވާ އަންހެނުންނާއި ގުޅޭ މާގިނަ މައުލޫމާތެއް ނޫސްތަކުގައި ހާމަކޮށްފަ އެއް ނުވެ އެވެ.

އެކަމަކު ބުނެފައިވަނީ "ސީރިއަން ހޯޕް ބިއުޓީ ކުއީން" ނަމުގައި ކުރިޔަށް ގެންދާ މި މުބާރާތުގައި ބައިވެރިވާ ފަރާތްތައް ހޮވާ ނިމިފައިވާ ކަމަށެވެ. އަދި މިހާރު މުބާރާތުގެ ރަސްމީ ބައި ފެށެން އުޅޭ ކަމަށެވެ.

މި ހަބަރު ގެނެސްދީފައިވާ ނޫސްތަކުގައި ބުނެފައިވަނީ ރީތީގެ ރާނީ ހޮވުމަށް ވުރެ ބޮޑަށް މި މުބާރާތް ބާއްވާ ސިޓީ އަކީ ފާހަގަ ކުރެވޭ ތަނެއް ކަމަށެވެ. އެ މުބާރާތް ބާއްވަނީ އަސަދު ސަރުކާރުގެ އަސްކަރީ މައި މަރުކަޒެއް ކަމަށްވާ ޓާޓަސް ސިޓީގަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ ސިޓީ އަކީ އަސަދުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ އަދި ގިނަ ބަޔަކު ސަރުކާރު ސިފައިންނާއި ގުޅިގެން ހަނގުރާމަ ކުރާ ސިޓީ އެކެވެ. އެއީ ގަދަ ބާރުން ކަމެއް ނުވަތަ އަމިއްލަ އިހްތިޔާރުގައި ކަމެއް ނޭނގެ އެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ސީރިއާ ހަނގުރާމައިގަ މަރުވާ އަސަދު ސަރުކާރުގެ ސިފައިންގެ ތެރެއިން ދެބައިިކުޅަ އެއްބައި ސިފައިންނަކީ ޓާޓަސް ސިޓީއަށް ނިސްބަތްވާ މީހުންނެވެ.

އެކަމަކު އެ ސިޓީގެ ސިފައިންނާއި މެދު އަސަދުގެ ސަރުކާރުން އަމަލު ކުރަމުންދަނީ ރަނގަޅަށް ނޫންކަމަށް ބުނެ އެވެ. އެގޮތުން އެމީހުންނަށް ދޭ ކެއުމުގެ ފެންވަރުދަށްވެފައި، މުސާރަ މާ ކުޑަ ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް