ރިޝީ ކަޕޫރަކީ މީހުންނާއި ދިމާލަށް މަލާމަތް ކުރުމަށާއި ބުނަން ބޭނުން ކޮންމެ އެއްޗެއް ޖެހިލުމެއް ނެތި ބުނާ މީހެކެވެ.
މިފަހަކުން ރިޝީ ވަނީ ޓުވިޓާގައި އޭނާ އާއި ޖަދަލު ކުރި މީހަކާއި ވަރަށް ވަރުގަދައަށް ޒުވާބުކޮށްފައި އެވެ. އެކަން ހަނދާން ނައްތާލައި ކުރިޔަށް ދިއުމަށް އޭނާ ވަނީ ޓުވިޓާގައި އޭނާގެ މައުލޫމާތު ވަރަށް ރުންކުރުކޮށް، މީހުންނަށް އިންޒާރު ދޭ ގޮތަކަށް ބަދަލުކޮށްފައި އެވެ.
ޕްރޮފައިލްއަށް މިހާރު ލާފައި އިނީ ބަޑިއެއް ހިފައިގެން އިންނަ ފޮޓޯއެކެވެ. ބަޔޯގައި ލިޔެފައިވަނީ ބޭކާރު އެއްޗެހި ލިޔެ ޕޯސްޓު ކޮށްގެން ނުވާނެ ކަމަށާއި އޭނާ އަށް އިންޒާރުދީ މަސްލަހަތު ގެއްލޭ ގޮތަށް ޓުވީޓު ކޮށްގެން ނުވާނެ ކަމަށެވެ.
އަދި ރިޝީ އަށް ޓުވީޓު ކޮށް އެފަދަ ކަމެއް ކޮށްފި ނަމަ އެމީހަކަށް އޭގެ ބަދަލު ޖެއްސުމުގެ އިތުރުން އެ އެކައުންޓެއް ބްލޮކް ކޮށްލާނެ ކަމަށެވެ. ރިޝީ ބުނީ އެ ފާޑުގެ މީހުންގެ ވާހަކަތަކަށް ރައްދުދީ ލިޔާ ޕޯސްޓުތަކަށް ބަލައިގެން ވަރަށް ކެއް ކުރެވިއްޖެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް